ރައްޔިތުންގެ މަޖިލިސް
31 May 2023
އެއްބަސްވުމަކަށް ނާދެވުނު، ބަންޑާރަނައިބުގެ މައްސަލައަށް ސުޕްރިމްކޯޓުގެ ލަފާ ހޯދަނީ
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ގޮތަކާއި މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ވެސް އެއްބަސްވެވޭ ގޮތަކަށް ނިންމިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި މެދު ސުޕްރިމް ކޯޓުގެ ލަފާ ހޯދުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފި އެވެ.
31 May 2023
ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތާމެދު ޚިޔާލުތަފާތު މަޖިލިސް މެދުކަނޑާލައިފި
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް އާއްމު ކޮމިޓީން ނިންމާފައިވަނިކޮށް، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.
30 May 2023
ލޯފަން މީހުނަށް މިނިވަންކަމާއި އެކު ވޯޓުލެވޭނެ އިސްލާހު ބަލައިގަނެފި
ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ މީހުންނަށް މިނިވަންކަމާއި އެކު ވޯޓުލެވޭނެ ކަމަށް ބުނާ އިސްލާޙް އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
30 May 2023
ދެ ބިލެއް އަވަހަށް ފާސްކުރުމަށް ފައްޔާޟް އެދިއްޖެ
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ދެ ބިލެއްގެ ބަހުސްކޮށް އަވަހަށް ފާސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިލައްވައިފި އެވެ.
30 May 2023
"ލޯފަން މީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހި ކޮށްދިނީ އެމްޑީޕީއިން"
ފެނުމުން މަހްރޫމް ވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ފަހި ކޮށް ދިނީ އެމްޑީޕީއިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
30 May 2023
"ދަސްވާރު ޕްރޮގްރާމުން ކުދިން ވީ ބާކީ، ދިން ސެޓްފިކެޓު ބަލައެއް ނުގަނޭ"
ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުން ދަރިވަރުން ވީ ބާކީ ކަމަށާއި، އެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ދިން ސެޓްފިކެޓު ހަޔާ އެޑިއުކޭޝަނުން ޤަބޫލުވެސް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
30 May 2023
"މެޓާނިޓީ ލީވްއަށްދާ ޓީޗަރުގެ ބަދަލުގައި ޓީޗަރެއް ނެގެނީ އެ ޓީޗަރު ވިހެއިމުން"
ޓީޗަރުން މެޓާނިޓީ ލީވް އަށް ދާ މުއްދަތުގައި، ބަދަލު ޓީޗަރެއް ނެގެނީ އޭނާ ވިހެއުމުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
29 May 2023
ޙިިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްނަމަ ވަކިވި މެމްބަރުނަށް މަޖިލީހަށް ނުވަދެވޭނެ: ނިޔާޒް
ޙިޔާލު ފާޅުކުރުުމުގެ މިނިވަންކަމާއި ސިޔާސީ މިނިވަންކަން ނެތްނަމަ އެމްޑީޕީ އިން ވަކިވި 12 މެމްބަރުން ތިއްބަވާނީ މަޖިލީހަށް ނުވަދެވިފައި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލި ނިޔާޒް ވިދާޅުވެއްޖެއެވެ.
29 May 2023
"ތި އިންނެވީ ރިޔާސަތު ފޭރިގެން؛ ތިތާ ތި އިންނަވަނީ ގަވާއިދާ ޚިލާފަށް!"
މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވަނި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާ، އަފީފް އިންނެވީ ރިޔާސަތު ފޭރިގެން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
29 May 2023
"މިއަދު ނުލިބެނީ މައުލޫމާތެއްތޯ؟ ކޮން މިނިވަންކަމެއްތޯ؟"
ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން މިއަދު އެންމެ ގިނައިން މީޑިއާތަކާއި ބައްދަލުކޮށް ސާފުމައުލޫމާތު ރައްޔިތުންނާއި ހަމައަށް އޮޅުންފިލުވައިދޭ އެއް ރައީސްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.