ރައްޔިތުންގެ މަޖިލިސް
29 Jul 2024
ރިވިއު ކުރާ ފްލެޓް ލިސްޓު އަންނަ އޮކްޓޯބަރުގައި ގެޒެޓް ކުރަނީ
ކުރީ ސަރުކާރުން ގެނދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިޔުކޮށް، އަންނަ އޮކްޓޯބަރު މަހުގައި އާންމުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
29 Jul 2024
މުރައިދޫގެ ކައިރިން ރަތް ރޮނގުގެ ނިޝާން ފޮހެލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު، "މުރައިދޫގެ" ހިމެނޭ ސަރަހައްދުގައި ރެޑް ޒޯން ގާއިމުކޮށް ދަމާލި ރަތް ރޮނގު ފޮހެލައި ރީނދޫ ރޮނގުގެ ޒޯނެއް ގާއިމް ކޮށްފި އެވެ.
29 Jul 2024
އަވަސް އަވަހަށް ބައި-އިލެކްޝަންތައް ނުބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ނުބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
29 Jul 2024
މެންދުރު ނަމާދު ވަގުތަށް ޖަލްސާ މެދުކަނޑާލަން ގަވާއިދުގައި ހިމަނައިފި
މެންދުރު ނަމާގު ވަގުތަށް ގަޑިއިރަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން މަޖިލީސް ގަވާއިދުގައި ހިމަނައިފި އެވެ.
25 Jul 2024
އިންޑިއާ ސަފީރު މަޖިލީހުގެ ރައީސް އަބްދުއްރަޙީމާ ބައްދަލުކުރައްވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
24 Jul 2024
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލުގެނެސްފި
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތް މައްސަލަ މަޖިލިސް މަރުހަލާގެ ތެރެއިން ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލު ގެނެސްފިއެވެ. މަޖިލީހުގެ ގަވާއިދު ނިންމައި އާއްމު ކޮމިޓީން ފޮނުވި ރިޕޯޓުގައި މި ބަދަލުތަކާ ގުޅިގެން ބުނެފައި ވަނީ، އެކަންތައްތަައް ބަދަލުކުރީ، ކުރިން ގަވައިދުގައި ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ މުއްދަތުތަކެއް ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
24 Jul 2024
ފެނަކައަށް ބޭނުންވާވަރަށްވުރެ 3 ގުނަ އިތުރަށް މުވައްޒަފުން ނަގާފައިހުރި
ނިމިދިޔަ ފަސް އަހަރު ނިންމާލިއިރު، ފެނަކައަށް ބޭނުންވާ ވަރަށްވުރެ ތިން ގުނަ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
24 Jul 2024
ބިދޭސީންގެ އަަދަދު ކަނޑައެޅުމުގެ ބާރު ވުޒާރާއަށް ލިބޭ އިސްލާހެއް
މަސައްކަތްކުރުމަށް ރާއްޖެއަށް ގެންނަ ބިދޭސީންގެ އަަދަދު ކަނޑައެޅުމުގެ ބާރު، ދިވެހި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ގެނައުމުން ހުށަހަޅައިފިއެވެ.