ރައްޔިތުންގެ މަޖިލިސް
17 Jul 2024
ގަވަރުނަރު މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި!
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކި ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
17 Jul 2024
ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި ކުޅިވަރުގެ ގާނޫނު އިސްލާހު ކުރަނީ
ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަންޑާރަ ނައިބުގެ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު މިއަދު ވިދާޅުވެެއްޖެ އެވެ.
17 Jul 2024
ބަންޑާރަ ނައިބު ނުހިމަނައި ބާ ކައުންސިލް އެކުލަވާލަން ގާނޫނަށް އިސްލާހެއް
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުރެވޭ ގޮތަށް ހަމަޖައްސަން ޤާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
17 Jul 2024
ވިސްނުމަކީ މަސައްކަތް ފަށާފައި، ނުހުއްޓޭގޮތަށް ކުރިއަށް ގެންދިޔުން: ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވިސްނުމަކީ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ފަށާފައި، ނުހުއްޓޭނެ ގޮތަށް އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް އެ ވުޒާރާގެ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
16 Jul 2024
ގަވަރުނަރު ވަކިކުރުމާއިމެދު މާދަމާ ގޮތެއް ނިންމަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުމްޖުމްހޫރިއްޔާ އަށް ލަފާ ދިނުމާއިގުޅޭ މައްސަލައަށް ޖަވާބުދާރީވާން މިއަދުވެސް ހާޒިރުވެވަޑައިގެންފައި ނުވާތީ، މާދަމާ ކޮމިޓީއަށް ހާޒިރު ނުވެއްޖެނަމަ ރިޕޯޓަށް ބަލައި، މައްސަލައާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ކޮމިޓީން ފާސްކޮށްފިއެވެ.
16 Jul 2024
ދިވެހިންނަށް ސައިބާ ސެކިޔުރިޓީގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ
ދިވެހިންނަށް ސައިބާ ސެކިޔުރިޓީގައި ގައުމީ ލެވެލްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދިނުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް އެދިވަޑައިގެންފިއެވެ.
16 Jul 2024
ސައިބަކްރައިމް ހުއްޓުވަން ހުށަހަޅާފައިވަނީ މުހިންމު އިސްލާހުތަކެއް
ސައިބަކްރައިމް ކުށްތައް ހުއްޓުވަން ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަކީ މިވަގުތަށް މުހިންމު އިސްލާހުތަކެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
15 Jul 2024
"ފައިސާ ހަމަޖެހުމުން އައްޑޫ ބްރިޖް ޕްރޮޖެކްޓު ކުރިއަށްގެންދެވޭނެ"
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހޭ ހިސާބުން އެ ޕްރޮޖެކްޓް ކުރިއަށްގެންދެވޭނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.