ރައްޔިތުންގެ މަޖިލިސް
25 Mar 2024
ނަޝީދަށް ދިން ޙަމަލާއާ ގުޅޭ އިތުރު މައުލޫމާތު މަޖިލީހާ ހިއްސާކުރަން އެބަހުރި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން މަޖިލީހާ ހިއްސާ ކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށް ދިފާޢީ ވަޒީރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
25 Mar 2024
ޑްރޯންތައް ގަތުމަށް ކުރި ޚަރަދު 241 ކޮމިޓީގައި ހާމަކުރެވިދާނެ: ޣައްސާން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް، ދިވެހި ސިފައިންގެ އެއާ ކޯއަށް ގެނެވުނު އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންތައް ގަންނަން ކުރި ޚަރަދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހާމަ ކުރެއްވިދާނެ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
20 Mar 2024
ވަރަށް އަވަހަށް ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ: އިހުސާން
މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
20 Mar 2024
މަސައްކަތްތެރިން ގެނައުމަށް ހުއްދަ ދިން ފަހުން 4000 މީހުން ރާއްޖެ އަތުވެއްޖެ: އިހުސާން
ރާއްޖެއަށް އަލުން މަސައްކަތްތެރިން ގެނެވޭ ގޮތަށް ހުއްދަދިން ފަހުން 5000 މަސައްކަތްތެރިންނަށް ހުއްދަ ދެވި އޭގެ ތެރެއިން 4000 މީހުން ރާއްޖެ އައިސްފައިވާ ކަމަށް ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
19 Mar 2024
70% ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ބާއްވަން: ވަޒީރު
ރާއްޖޭގެ ގާތްގަނޑަކަށް %70 ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރާއި ހަމައަށް ބާއްވަން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
19 Mar 2024
140 އަށްވުރެ ގިނަ މުބާރާތް މިނިސްޓްރީން ދިޔައީ ބާއްވަމުން: ވަޒީރު
ނިމިދިޔަ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީން އިތުުރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރުވައި، ޓީޗަރުން މުޅިން ވަރުބަލި ކޮށްލާ އުސޫލުން ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
18 Mar 2024
އީސީ އަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އިޞްލާހެއް
އިލެކްޝަން ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ހެދުމަށް އިސްލާހެއް ހުށައަޅައިފިއެވެ.
18 Mar 2024
ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރަން ގޮވައިލާ
ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.