21 Apr 2024
އެމްޑީޕީގެ މޭގަނޑު ލުހި ބޮޑު ބައްޔަކުން ބަލިވެއްޖެ
މިއަދު ރާއްޖެގައި ބޭއްވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގައި އިދިކޮޅު އެމްޑީޕީއާއި އެޕާޓީގެ އަނެއް ބައިވެރިޔާ ޑިމޮކްރެޓްސްއަށް ގުޑުންއަރައި އެދެޕާޓީގެ މޭގަނޑުބ އުފުރިގެން ހިގައްޖެއެވެ. އެންމެ ބޮޑު ނާކާމިޔާބަކީ އެމްޑީޕީގެ މޫނުމަތިކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވި އަސްލަމަށް އެދާއިރާގެ ރައްޔިތުން ނޫނެކޭ ބުނުމެވެ.
21 Apr 2024
ރާއްޖޭގެ މެޖޯރިޓީ ރައީސް މުޢިއްޒުއާއެކު، މަޖިލިސް މެޖޯރިޓީ ސަރުކާރަށް
ރާއްޖޭގެ މެޖޯރިޓީ ރައީސް މުޢިއްޒުއާއެކު، މަޖިލިސް މެޖޯރިޓީ ސަރުކާރަށް
18 Apr 2024
ފަރެސްމާތޮޑާ ދާއިރާ އަށް ހަމައެކަނި ތަޞައްވުރެއް އޮތް ކެންޑިޑޭޓަކީ ޝަމީމް
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ތިމާ އެ ދާއިރާއަކަށް ނިސްބަތްވާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ދާއިރާ އާމެދު ކުރާ އުއްމީދާއި، އެ ކެންޑިޑޭޓަކު މެންބަރު ކަމަށް އިންތިޚާބު ވެއްޖެ ނަމަ ދާއިރާއަށް ގެންނާނެ ކުރިއެރުންތަކާއި، ދާއިރާގެ ކުރިމަގު އެ ކެންޑިޑޭޓަކު ކުރަހާލާފައިވާ ގޮތް، މިއީ ކޮންމެ މީހަކުވެސް ބަލާލަންޖެހޭ ކަމެކެވެ.
16 Apr 2024
ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބު ކުރުމަށްފަހު، އެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
15 Apr 2024
ރައީސް ބޭނުންފުޅު ވަނީ ޒިންމާދާރު މަޖިލީހެއް: އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު މަޖިލީހެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
14 Apr 2024
ޞާލިހު ވިދާޅުވެދެއްވީ އިދިކޮޅު މެމްބަރުން އައުމުން ދަތިވާގޮތް!
ރައްޔިތުންގެ މަޖިލީހަށް ސަރުކާރާއި އިދިކޮޅު މެމްބަރުން އައުމުން ދަތިވާގޮތް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެދެއްވައިފިއެވެ.
13 Apr 2024
ރައީސް ޑރ.މުޢިއްޒު 60،000 ވަޒީފާ ހާސިލްކޮށްދެއްވާނެ: ޝަރީފް
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ސިޔާސަތަށް ތާއީދުކުރާ މަޖިލީހެއް ރައްޔިތުން ހޮވައިފިނަމަ، ޒުވާނުންނަށް ބޭނުންވާ 60،000 ވަޒީފާ ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
13 Apr 2024
އާދޭސްކުރީމަ ވެސް ބަޖެޓު ކޮމިޓީން މަޝްރޫޢުތަކަށް ފައިސާ ޖަހައިނުދޭ: ނިހާދު
އައްޑޫ ސިޓީގެ ޕްރޮޖެކްޓް ތަކަށް ފައިސާ ޖެހުމަށް އާދޭސް ކުރުމުން ވެސް، މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ނަމަވެސް، މަޝްރޫއުތަކަށް ފައިސާ ޖަހައިނުދޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.