20 Feb 2024
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑީތަ؟
ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއީޒު ވެރިކަމުން އަޒުލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ އަދަދު ބަދަލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން އުޅުނު ހުށަހެޅުމުގައި ދުސްތޫރީ މައްސަލަތަކެއް ފާހަގަކޮށް އެކަން ހުއްޓުވައިދޭން ބަންޑާރަ ނާއިބް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ވަކިގޮތަކަށް އަމުރު ނެރެފައިވަނިކޮށް އަމުރަށް ތަބާނުވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގައި އިއުލާންކޮށް އަދި ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް މަޖިލީހުން ނިންމުމެއް ނިންމުމުން އެއީ މިއަދު ބަހުސްކުރަންޖެހޭ ކަމަކަށް ވެގެންގޮސްފިއެވެ.