07 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް ތަހުގީގުކުރަނީ
މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
07 Feb 2024
ޝަރުތު ހަމަނުވި މީހުންގެ ލިސްޓު އާއްމުކުރުމާއި މެދު ގޮތެއް ނުނިމޭ: އޭސީސީ
ނިމިދިޔަ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް "ގެދޮރު ވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ 60 އިންސައްތަ މީހުންނަށް ފުލެޓް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެމީހުންގެ ލިސްޓް އަދި އާއްމުކުރުމަށް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފިއެވެ.
07 Feb 2024
ބޯހިޔާވަހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނަހަދާ
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެންމެ ފަހުވަގުތާ ޖެހެންދެން ނުބެހެއްޓިނަމަ، މާލޭ ރައްޔިތުން މިހާރު ތިބޭނީ އެމީހުންނަށް ލިބުނު ގޯތި ތަކާއި ފުލެޓް ތަކުގެ ތެރޭގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
06 Feb 2024
"ބިދޭސީ މަސައްކަތްތެރީން ގެނައުމުގައި ވަޒީރުން ގަވައިދާ ޚިލާފުވާކަމަށް ބުނެ ހަދަނީ ދޮގު"
ދިވެހިރާއްޖެއަށް ބޭރުގެ މަސައްކަތްތެރީން ގެނައުމުގައި ވަޒީރުން ގަވާއިދާ ޚިލާފުވާކަމަށްބުނެ ހަދަނީ ދޮގު ކަމުގައި ކުރެންދޫ ދާއިރާގެ މެމބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް (ޝަހީމް) ވިދާޅުވެއްޖެއެވެ.
06 Feb 2024
"ބިދޭސީ މަސައްކަތްތެރިން ގެނައުމަކީ ޤައުމުގެ މިނިވަންކަން ގެއްލޭކަމެއް"
ދިވެހިރާއްޖެއަށް ބޭރުގެ މަސައްކަތްތެރީން ގެނައުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާ ޚިލާފުުމަކީ ޤައުމުގެ މިނިވަންކަމާ، ސިޔާދަތާއި އިސްތިޤުލާލު ގެއްލޭ ކަމެއްކަމުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
06 Feb 2024
އަލުން އައްޔަން ކުރި ތިންވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅައިފި
ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީރުންގެ މަޖިލހަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލިހުގެ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަޤާމުތަކަށް އައްޔަން ކުރެއްވުމަށްފަހު އެތިން ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު މަޖިލިހަށް ފޮނުވައިފިއެވެ.
06 Feb 2024
ސަފީރުކަމަށް އައްޔަން ކުރައްވަން ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް
ދިވެހި ރާއްޖެއިން 3 ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުން ދިރާސާކޮށް، ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
06 Feb 2024
އިއްޔެ އިއްވީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން
މިހާތަނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، އިއްޔެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއްވެވި ރިޔާސީބަޔާން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.