ރައްޔިތުންގެ މަޖިލިސް
29 Jan 2024
ޑރ. ޝަހީމް، އުޝާމް އަދި ޑރ. ހައިދަރަށް ރުހުން ނުދިން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ހައިދަރު ޢަލީގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފިއެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދޭން ނިންމީ މާ ބޮޑަށް ގާބިލް ވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެ ވަޒީރުން ގާބިލް ނުވެގެން ނޫން ކަމަށް ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު 1 ޖަހާއިރު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.
29 Jan 2024
އެމްޑީޕީ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި
އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި މަޖުބޫރު ވެގެން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
28 Jan 2024
އެންމެފަހުން މިރޭ ބާއްވަން އުޅުނު ޖަލްސާވެސް ނިންމާލަށް ޖެހިއްޖެ
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާ، މިރޭވެސް ކުރިއަށް ނުގެންދެވި އެންމެފަހުން ނިންމާލަސް ޖެހިއްޖެއެވެ.
28 Jan 2024
މަޖިލިސް ދެން ފެށޭނީ މެމްބަރު ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1.30 އަށް ތާވަލުކުރެވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
28 Jan 2024
މަޖިލިހުގެ ރައީސް އަސްލަމް މާރާމާރީ ހިންގުމަށް ހިތްވަރުދިން: ޕީޕީއެމް/ޕީއެންސީ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން މަޖިލީހުގައި މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާތީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
28 Jan 2024
އަސްލަމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފިއެވެ.