ރައްޔިތުންގެ މަޖިލިސް
24 Jan 2024
ޑިމޮކްރެޓްސް އާއި އެމްޑީޕީ މަޖިލީހުގައި އެކުގައި މަސައްކަތް ކުރަނީ!
މިހާރުގެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)އާ، އެޕާޓީގެ ސިޔާސަތުތައް ރަނގަޅު ނޫން ކަމަށް ބުނެ، ޕާޓީން ވަކިވެ، ވަކި ޕާޓީއެއް އުފެއްދި، ޑިމޮކްރެޓްސް، މަޖިލީހުގެ ތެރެއިން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެއެވެ.
23 Jan 2024
މަޖިލިސް އިންތިހާބު ބާއްވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެއް ކަމުގައި ވިޔަސް އެދުވަސް ސަރުކާރު ބަންދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އީސީން ވިދާޅުވެއްޖެއެވެ.
21 Jan 2024
ކުއްޖާ ނިޔާވި މައްސަލާގައި ވެރިން ހާޒިރުކޮށް އިންކުއަރީއެއް
މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލިން އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަކުން މިއަދު ނިންމައިފި އެވެ
18 Jan 2024
ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދު ނުކުރާނެ!
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.
17 Jan 2024
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު މިއަދު އާންމު ކުރަނީ
އަންނަ މާރޗު މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ސެޓު މިއަދު އާންމުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
17 Jan 2024
ޔުގަންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ރާއްޖެވަޑައިގެންފި
ރާއްޖޭގެ ރައްޔިތުން މަޖިލިހާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސް ތަޔެބްވާ ރާއްޖެ ވަޑައިގެންފިއެވެ.
17 Jan 2024
ދިއްދޫ ފެނަކައިގެ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް
ހއ.ދިއްދޫ ފެނަކައިގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ފެނަކައިން އައު ނުކުރި މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.
14 Jan 2024
އާ ރައީސްގެ އާ ރިޔާސީ ބަޔާން އިއްވުން އަންނަމަހު 5 ގައި
މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނުވަތަ 19 ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.