ރައްޔިތުންގެ މަޖިލިސް
12 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނާއިބު ލަފާ ހޯދުމަށްމަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.
12 Nov 2023
"ރިޔާސަތުން 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފި"
ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރު މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލުމަކީ މަޖިލީހުގެ 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
12 Nov 2023
ރިޔާސަތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމާ ބުނާ މައްސަލައެއް!
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވި މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބުނެ އެމްޑީޕީ މައްސަލަ ހުށައަޅައިފި އެވެ.
12 Nov 2023
ބޭރުކުރި ގަރާރު ހުށަނޭޅޭނެކަމަށް ނިންމާ ދެވަނަ ޖަލްސާ ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައެޅި ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށް ކަނޑައަޅާ ހެދުނުގެ ދަންފަޅީގައި ބޭރުކޮށްލުމަށްފަހު، އަލުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭއްވި ޖަލްސާވެސް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ނިންމާލައިފި އެވެ.
12 Nov 2023
"މިއަދަކީ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ލަދުވެތި ދުވަހެއް"
މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަތިލި ލަދުވެތި ދުވަހެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
12 Nov 2023
"ނަޝީދު ވަކިކުރުމުގެ ޤަރާރު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ގަރާރު ހުށައަޅައިގެން ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
12 Nov 2023
ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު ބޭރުކޮށް މަޖިލީސް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ހުށައަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ކަނޑައަޅައި، ގަރާރު ބޭރުކޮށް މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
12 Nov 2023
އާޒިމްގެ ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރާއި ގުޅިގެން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ އެވެ.