ރައްޔިތުންގެ މަޖިލިސް
18 Oct 2023
އެއްވެ އުޅުމުގެ ބިލްގެ މަސައްކަތް އަލުން ފަށައިފި!
'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހިމެނޭ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލަން، ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެޅި ބިލުގެ މަސައްކަތް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފަށައިފި އެވެ.
18 Oct 2023
ފެނަކައިގެ ކޭޝް ފްލޯއަށް ކުރާ އަސަރު ބަލަން ޖެހޭ: ނިޔާޒު
އާއްމުން ފެނަކަ ކޯޕަރޭޝަނުގެ ބިލް ތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނީގެ ކޭޝް ފްލޯ ނުވަތަ އާމްދަނީ އަށް ކުރާ އަސަރު ބަލަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
18 Oct 2023
ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން އޭސީސީގައި
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ ގާތްގަނޑަކަށް 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
18 Oct 2023
"ފެނަކައިގެ ސަބަބުން އެސްޓީއޯ ވެސް ބަންގުރޫޓް ވަނީ"
ފެނަކައިން ދަރާފައިވަނީ ހަމައެކަނި ކުދި ކުންފުނި ތަކަށް ނޫން ކަމަށާ، އެކުންފުނިން އެސްޓީއޯއަށްވެސް ތެލުގެ ފައިސާ ދެއްކި ދުވަހެއްވެސް އެނގިނުލައްވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
18 Oct 2023
"ދައުލަތުން ފައިސާ ނުދިނީމާ ދައުލަތްވެސް ޖޫރިމަނާ ކުރަންޖެހޭ""
ދައުލަތުން ރައްޔިތުން ލައްވާ މަސައްކަތް ކުރުވާފައި، އެ ފައިސާ ނުދިނުމުން، ދައުލަތް ޖޫރިމަނާ ވާގޮތަށް ގާނޫނެއް ހެދުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ގޮވާލައްވައިފިއެވެ.
16 Oct 2023
ކޮތަޅުގެ ފީ އިސްލާހުކުރުމަށް ކޮމެޓީއަށް ފޮނުވައިފި
ޕްލާސްޓިކް ކޮތަޅު ބޮނޑިން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމެޓީއަށް ދޮނުވައިފިއެވެ.
16 Oct 2023
"މަސައްކަތްތެރިންގެ ހައްގުގެ ވާހަކަ ދައްކަނީ ހައްގުތައް ނުދީ"
މި ސަރުކާރުން މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކަ ދައްކަނީ، އެމީހުންގެ ހައްގުތައް ނުދީ ހިފަހައްޓައިގެން ތިބެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
16 Oct 2023
"ސަރުކާރު ކުންފުނިތައް އޮތީ މަސައްކަތްތެރިންނަށް ދަރާފައި"
ސަރުކާރު ނިމެން ކުޑަތަންވެފައިވާއިރު، އެތައް ބަޔަކު ލައްވާ މަސައްކަތްކުރުމަށްފަހު ސަރުކާރު ކުންފުނިތަކުން ލާރި ނުދީއޮތް މައްސަލައިގެ ކަންބޮޑުވުން މަސައްކަތްތެރިން ފާޅުކުރަމުންދާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.