ރައްޔިތުންގެ މަޖިލިސް
29 Oct 2023
"ޢާއިލީ ވެރިކަމަށް ފާޑުކީ މީހުން އާއިލީ ވެރިކަން ދިފާއުކުރަނީ"
ޢާއިލީ ވެރިކަމަށް އެންމެ ފާޑުކީ ބޭފުޅުން، ޑިމޮކްރަސީ ފަހަތަށް ޖައްސަވައި، އާއިލީ ވެރިކަން ދިފާއުކުރުމަށް މަޖިލިސް ހުއްޓުވުމަކީ ހުތުރު ނަމޫނާއެއް ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله އާއި އެބޭފުޅާގެ ދެބެންގެ ދެދަރި ބޭބޭފުޅު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
29 Oct 2023
"އީވާ އަކީ މަޖިލީހަށް އެންމެ މަދުން ސަލާމް ބުނި އެކެއް"
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ސަލާމް ފޮނުއްވުމުން ކުރެވެމުންދާ ތުހުމަތު ތަކާއި ފާޑުކިޔުންތަކަށް ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ރައްދު ދެއްވައިފި އެވެ.
29 Oct 2023
ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ކޯޓަށް!
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ސުޕްރިމް ކޯޓުގެ ލަފާ ހޯދަން ނިންމައިފި އެވެ.
29 Oct 2023
ނަޝީދު ވަކިކުރާ ޖަލްސާ މާދަމާއަށް އެޖެންޑާކުރަނީ!
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އާލާސްކަންފުޅާއި އުޅުއްވާތީ ކުރިއަށް ގެންދެވެން ނެތްކަމަށް އަންގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
27 Oct 2023
ނަޝީދު މަގާމުން ދުރުކުރުން ހުއްޓުވަން ކުރެވޭނީ ދެކަމެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުން ހުއްޓުވަން ޑިމޮކްރެޓްސް އަށް ކުރެވޭނީ ދެ ކަންތައް ކަމަަށާ އެ ދެ ކަންވެސް ހައްލު ކުރާނެ ގޮތް އެނގޭ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"ނަޝީދު ވަތްކެއް ނުކުރެވޭނެ، އެދަނީ އަނެއްކާވެސް ބަލިވާން"
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"މައްސަލަ އަލުން ވެއްދުމުން ހާމަވީ ރައީސް ޞާލިހު ބޭވަފާތެރިކަން"
ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭވަފާތެރިކަން ހާމަވެގެންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
27 Oct 2023
ނަޝީދު ވަކިކުރުން އަވަސްކުރަން ޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.