ރައްޔިތުންގެ މަޖިލިސް
01 Nov 2023
ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއަށް 30 މިލިއަން ބަޖެޓުގައި!
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ސ.ހިތަދޫ-ހުޅުމީދޫ 15 ކިލޯމީޓަރުގެ ބުރިޖު މަޝްރޫއު ހިންގުމަށް ކުރަންޖެހޭ ސާވޭ މަސައްކަތް ކުރުމަށް 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
01 Nov 2023
ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ!
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދުގެ މުނާސަބާ ފާހަގަކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެލެއްވި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ.
01 Nov 2023
ސުޕްރިމް ކޯޓުގައި އޮތް ނަޝީދު މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.
01 Nov 2023
އީވާ ސަލާމްގައި؛ މިއަދުވެސް ނަޝީދުގެ މައްސަލަ ކެންސަލް!
މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ކެންސަލްކޮށްފި އެވެ.
31 Oct 2023
އެމްޑީޕީން ބޭނުމީ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޯއިކޮޓްކުރަން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވަނީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް ކަަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
31 Oct 2023
ހުވާކުރާ ޖަލްސާގައި ބަވެރިވެރިވުމުގެ ފުރުސަތު 1000 މީހުންނަށް
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިރަމުގެ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
31 Oct 2023
އެމްޑީޕީން އުޅެނީ ޑރ. މުޢިއްޒުގެ ސަރުކާރަށް ޖެއްސުންކުރަން
މަޖިލީހުގެ މެޖޯރިޓީ ޕާޓީ, އެމްޑީޕީން މަސައްކަތް ކުރަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅައި، އެމަނިކުފާނުގެ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް، ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
31 Oct 2023
"ނަޝީދު މައްސަލައިގައި ސުޕްރިމްކޯޓުގެ ނިންމުމަށް ތަބާވާނަން"
މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި ގުޅިގެން ސުޕްރިމް ކޯޓުގެ ލަފަޔަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން އެދިފައިވާއިރު، އެ މައްސަލައިގައި އެ ކޯޓުން ނިންމަވާ ކޮންމެ ގޮތަކަށް ތަބާވާނެކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފި އެވެ.