ރައްޔިތުންގެ މަޖިލިސް
06 Nov 2023
އިންތިޚާބީ ރައީސް ހުވާކުރުމަށް ހުރަހެއް ނެތް: އޭޖީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލަ އޮތް ނުނިމުނަސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
06 Nov 2023
ނަޝީދު މައްސަލަ: މަޖިލީހަށް ފެނުނު ޙައްލަކީ ޤަވައިދު އިސްލާހުކުރުން
ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮއްވާ އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ގަވައިދު ބަދަލުކޮށްގެން ކަމަށެވެ.
06 Nov 2023
ނަޝީދުގެ މައްސަލަ: ބަންޑާރަ ނައިބުގެ ސްޓޭންޑު ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހަށް ހުށައެޅި މައްސަލަ ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރިމްކޯޓުގައި އެދިއްޖެ އެވެ.
06 Nov 2023
އަޑުއެހުން ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރބާރު ނެތްކަމުގެ މައްސަލައިގައި ސްޕްރީމް ކޯޜުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ 8 މިނެޓް ލަހުން އަޑު އެހުން ފެށުނީ ޕާޓީތަކުގެ ސަބަބުން ކަމުގައި މައްލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
06 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ އަޑުއެހުންތައް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފިއެވެ.
06 Nov 2023
ވޯޓަށް ނުފިލާ، ގޮތް ނިންމަން ފުރުސަތުދީ، ނަތީޖާ އެނގޭނީ އޭރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް، މެންބަރުންގެ ވޯޓު ނެންގެވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު، ދަ ޑިމޮކްރެޓްސް ގެ ފަރާތުން އެދިވަޑައިގެންފިއެވެ.
05 Nov 2023
ކޯޓުގައި ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސްގެ ގަރާރެއް!
ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، މައްސަލަ އަށް ތަދައްހުލް ވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
05 Nov 2023
އީވާ ދެއްކި އުޒުރު މަޖިލީހުން މިފަހަރު ގަބޫލެއް ނުކުރި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ދެއްކެވި އުޒުރު މަޖިލީހުގެ އިދާރާ އިން ގަބޫލު ނުކުރާ ކަމަށް ބުނެފި އެވެ.