ރައްޔިތުންގެ މަޖިލިސް
06 Nov 2023
އަޑުއެހުން ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރބާރު ނެތްކަމުގެ މައްސަލައިގައި ސްޕްރީމް ކޯޜުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ 8 މިނެޓް ލަހުން އަޑު އެހުން ފެށުނީ ޕާޓީތަކުގެ ސަބަބުން ކަމުގައި މައްލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
06 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ އަޑުއެހުންތައް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފިއެވެ.
06 Nov 2023
ވޯޓަށް ނުފިލާ، ގޮތް ނިންމަން ފުރުސަތުދީ، ނަތީޖާ އެނގޭނީ އޭރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް، މެންބަރުންގެ ވޯޓު ނެންގެވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު، ދަ ޑިމޮކްރެޓްސް ގެ ފަރާތުން އެދިވަޑައިގެންފިއެވެ.
05 Nov 2023
ކޯޓުގައި ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސްގެ ގަރާރެއް!
ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، މައްސަލަ އަށް ތަދައްހުލް ވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
05 Nov 2023
އީވާ ދެއްކި އުޒުރު މަޖިލީހުން މިފަހަރު ގަބޫލެއް ނުކުރި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ދެއްކެވި އުޒުރު މަޖިލީހުގެ އިދާރާ އިން ގަބޫލު ނުކުރާ ކަމަށް ބުނެފި އެވެ.
02 Nov 2023
ނަޝީދުގެ މައްސަލައަށް ތަދައްޚުލްވާން ޕީޕީއެމް-ޕީއެންސީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލްވާން ޕީޕީއެމް-ޕީއެންސީން ނިންމައިފި އެވެ.
02 Nov 2023
އީވާ މިއަދުވެސް ފޮނުއްވީ ސަލާން؛ ޖަލްސާ އެއް ނުބޭއްވުނު!
މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ސަލާމް ފޮނުއްވުމުން މިއަދަށް ތައާވަލު ކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
02 Nov 2023
ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ބަޖެޓުގައި ހިމަނައިފި
ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި ހިމަނައިފި އެވެ.