އިމްރާން އަބްދުﷲ
14 Jan 2023
ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން: އިމްރާން
ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން ކަމަށް ހޯމް މިނިސްޓްރު އިމްރާން ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާ، ބޮޑެތި އަދާވާތްތެރިންނާ ވާދަކޮށް ކުރި ހޯދުމުން ކަމަށެވެ. އަދި  ކާމިޔާބީގެ ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަ ކޮށްލައިގެން ކާމިޔާބު ލިބުމުން ކަމަށެވެ.
13 Jan 2023
"ސިޔާސީ ނިންމުންތައް ނިންމާނީ ދީނީ މަސްލަހަތަށް ބަލާފައި"
އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމާނީ އިސްލާމް ދީނާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލް ކުރެވޭނެ ގޮތް ބަލައިގެން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ.
26 Dec 2022
ސުނާމީގެ ހަނދާންތަކާއިއެކު އިމްރާންއަށްވެސް ރޮވިއްޖެ
މީގެ 18 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި މ. ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައް ދައްކަވަމުން، އެ ރަށަށް އުފަން ހޯމް މިނިސްޓަރު އިމްރާނަށް މިއަދު ރޮވިއްޖެ އެވެ.
22 Dec 2022
"އިސްތިއުފާއަށްފަހު ސަރުކާރުން މުސާރައާއި އެލަވަންސެއްވެސް ޔުމްނާއަކަށް ނުދޭ"
ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމުން ފާތިމަތު ޔުމްނާ އިސްތިއުފާ ދިން ފަހުން، ސަރުކާރުން މުސާރަ އަދި އެލަވަންސެއްވެސް ނުދޭކަމަށް ފިރިކަލުން، ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
17 Nov 2022
"ސަރުކާރު ހިންގުމުގައި ޕާޓީ އޮތުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް"
އަދާލަތުޕާޓީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާއިރު, ސަރުކާރު ހިންގުމުގައި އެ ޕާޓީ އޮތުމަކީ ޕާޓީގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
16 Nov 2022
"މުޒާހަރާތައް ރޫޅާނުލާތީ ޢާއްމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އާދޭ"
ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ އިހްތިޖާޖު ތަކާއި އެއްވުންތަކާއު ގުޅިގެން އާއްމު ފަރުދުންނަށް އުނދަގޫވާތީ، އެފަދަ އެއްވުންތައް ފުލުހުން ރޫޅާ ނުލައިގެންވެސް އާއްމުން ޝަކުވާ ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.
31 Oct 2022
"ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ގެންނެވުމުން އެވާހަކަ ދައްކަންވީ"
ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމުން އެެންމެން އެ ވާހަކަ ދައްކަންވީ ކަަމަށް ވިދާޅުވެ ޗާގޯސް މައްސަލާގައި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިދިކޮޅު ކޯލިޝަނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
30 Oct 2022
"ކޯލިޝަން ބާކީކޮށް ރައީސް ޞާލިހު މަޝްވަރާކުރައްވަނީ އިމްރާނާ އެކަނި"
ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބާކީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ ހަމައެކަނި އަދާލަތު ޕާޓީގެ ލީޑަރު އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އާ އެކަނި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.