13 Jul 2023
ރަސޫލާގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ އިމްރާނު ހެއްދެވީ އިތުރުފުޅެއް!
ރިޔާސީ އިންތިޚާބުގެ ވޯޓާއި ޖެހެންދެން ނުނިދާ ހޭލާ ތިބެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނުގައި މަސައްކަތްކުރުމަށް ހިތްވަރުދެއްވާ ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވީ ރަސޫލާގެ ހަދީސެއް ނޫންކަން ހާމަވެއްޖެ އެވެ.