26 Sep 2023
ރައީސް އަށް ނޫނެކޭ ބުނާނަމަ ބަރުލަމާނީއަށްވެސް ނޫނެކޭ ބުނެވިދާނެ!
ޑިމޮކްރެޓްސް އިން މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނާނަމަ މާދަމާ އެމްޑީޕީ އިން ބަރުލަމާނީ އަށް ނޫނެކޭ ބުނުފާނެ ކަމަށް މިސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.
20 Sep 2023
"ރައީސް ޞާލިހު ކުރިމަތިލައްވަން ފެންނަނީ ދުނިޔޭގެ ރައީސްކަމަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދުނިޔޭގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު ގޮވާލައްވައިފި އެވެ.
20 Sep 2023
މިނިސްޓަރު މަހުލޫފަށްވެސް ހިސާބު އޮޅިއްޖެ!
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވެސް ހިސާބު އަދަދުތައް އޮޅި، ހިސާބު ޖައްސަވާނެ ގޮތްވެސް އޮޅިވަޑައިގެންފިއެވެ.
10 Sep 2023
ނަތީޖާ އިން ހައިރާން ވެއްޖެ، ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުން ކާމިޔާބު ވެދާނެ!
ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ ހައިރާންވާފަދަ ނަތީޖާއެއް ކަމަށާއި، ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރު ކާމިޔާބު ވެދާނެ ކަމަށް މި ސަރުކާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
03 Sep 2023
އައިއޯއައިޖީ2023ގެ ދިވެހި އެތުލީޓުންނަށް ކުލަގަދަ މަރުޙަބާއެއް
އައިއޯއައިޖީ 2013 ގައި ރާއްޖެ ތަމްސީލުކުރި ދިވެހި އެތްލީޓުންނަށް ކުލަގަދަ، ރަތްދޫލައިގެ މަރުޙަބާއެއް ކިޔުމަށް ތައްޔާރުވަމުންދާކަމަށް ޔޫތް މިނިސްޓަރު އަޙްމަދް މަޙްލޫފް ވިދާޅުވެއްޖެއެވެ.
05 Jul 2023
އިހަވަންދޫ، ޗާލު ކޮމިޔުނިޓީ ސެންޓަރުގެ ފޮޓޯތައް ދައްކާލައިފި!
މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންގެންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒުގެ ފޮޓޯތައް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދައްކަވާލައްވައިފިއެވެ.
05 Jul 2023
"ކުޅިވަރު ވަސީލަތްތައް ތަރައްގީ މި ކުރީ އެހެން ލެވެލްއެއްގައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރީ "މުޅިން އެހެން ލެވެލްއެއްގައި" ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
05 Jul 2023
"ގަލޮޅު ދަނޑުގެ މަސައްކަތް ނިންމާނީ ރައީސް ޞާލިހުގެ ވެރިކަމުގައި"
ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑު، ތަޅާލުމަށްފަހު، އައު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.