ހަބަރު
19 Aug 2024
އެމްޕޮކްސްއަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމަށް ތައްޔާރުވާން ފަށައިފި
މަންކީޕޮސްކް (އެމްޕޮކްސް) ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އެ ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
19 Aug 2024
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި
ގދ. ގައްދޫއިން މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
19 Aug 2024
އަމާޒަކީ ހެއްކަށް ބިނާކޮށް ހުރިހާ ސިޔާސަތެއް ވެސް ކަނޑައެޅުން
މި ސަރުކާރުގެ އަމާޒަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނިންމާ ކޮންމެ ނިންމުމަކީ ހެއްކަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
19 Aug 2024
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރަން ހުއްދަ ދިނުމާ ގުޅޭ ގަވާއިދެއް ފިޝަރީސް މިނިސްޓްރީން ހަދައި، އެ ގަވާއިދަށް ޚިޔާލު ހޯދަން ހުޅުވާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލަ، މަޖިލީހުން ބޭރުކޮށްލައިފިއެވެ.
19 Aug 2024
އެކި ދާއިރާތަކުގެ ދިރާސާތަކަށް ގްރާންޓްތައް ތަޢާރަފުކުރަނީ!
ވަޢުުފުޅާއި އެއްގޮތަށް ރިސާޗް ސެންޓަރެއް ހަދައި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ތަރައްޤީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމުގެ ދާއިރާތަކުގެ ދިރާސާ ތަކަށް ގްރާންޓްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
19 Aug 2024
މަސްތުވާތަކެއްޗާއެކު ގައްދޫން ހައްޔަރުކުރި ޒުވާނާގެ ބަންދަށް 15 ދުވަސް
މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވިގެން ގައްދޫން ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކޯޓުން 15 ދުވަހަސް ޖަހައިފިއެވެ.
19 Aug 2024
ސަރުކާރުގެ ޕްރޮކިއުމަންޓް ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފުކުރަނީ
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ވަނީ ފަށައިފައެވެ.
18 Aug 2024
މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އަންގައިދޭ ދިރާސާއެއް ހަދަނީ
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރާއި ބޭނުންކުރާ މީހުންގެ އަދަދު ދެނެގަތުމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދިރާސާއެއް ހެދުމަށް ނިންމައިފިއެވެ.