18 Aug 2024
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންފި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ސައުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ. މިއީ ސައުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
18 Aug 2024
ޕެރިހުގެ ޕެރަލިމްޕިކްސްގައި ވާދަކުރާނެ ދިވެހި އެތުލީޓުންނަށް ޖާރޒީ ހަވާލުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ދެ އެތުލީޓުންނަށް ރަސްމީކޮށް ޖާރޒީ ހަވާލުކޮށްފިއެވެ.
18 Aug 2024
ކޮންމެ 6 މަހަކުން ބައި-އިލެކްޝަން ބޭއްވުމަށް ފާސްކުރި އިސްލާހް، ރައީސް ޑރ.މުޢިއްޒު ތަސްދީގުކުރައްވައިފި
ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
18 Aug 2024
ކަނޑުއަޑީގައި މީރުފެން އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ދިރާސާއެއް ކުރަނީ
ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފްލޯޝަންއާއެކު މަސައްކަތް ފަށައިފިއެވެ.
18 Aug 2024
އުސޫލުން ބޭރުން އެޕާޓްމަންޓެއް ގަނެފައި އޮތްނަމަ، ގަނާނުކޮށް އޭސީސީއަށް އެކަން ހުށަހަޅުއްވާ: ޢަބްދުﷲ ޝާހިދު
އުސޫލުން ބޭރުން އެޕާޓްމަންޓެއް ނުވަތަ އެނޫންވެސް މުދަލެއް ހޯދިކަން ފާހަގަވާނަމަ ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔާކަމަށް ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
18 Aug 2024
މައި ކެމިސްޓްގެ ވެރިޔާގެ މައްޗަށް ދައުވާކުރަނީ
ޓެކްސް ދެއްކުމުގައި މަކަރު ހަދާކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެން، ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ މައި ކެމިސްޓްގެ ވެރިޔާ ހުސެއިން އިރުފާން އަށް ކޮށްދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެންނިއު އޮތޯރިޓީ(މީރާ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
18 Aug 2024
ރައީސް ޔާމިނުގެ މައްސަލަ: އާރަށާއި ފުއްގިރި މައްސަލަ މިހަފްތާއަށް ތާވަލްކޮށްފި
އާރަށާއި، ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ހުއްޓިފައިވާ މައްސަލަތަކުގެ ޝަރީއަތް މިހަފްތާގައި ބެލުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
18 Aug 2024
ތައިލޭންޑްގެ އައު ބޮޑު ވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
ތައިލޭންޑްގެ ބޮޑުވަޒީރުކަމަށް އައްޔަންކުރެވުނު ޕައެޓޮންގްޓާން ޝިނަވަޓްރާ އަށް ރައީސް މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. އިންގް ޝިންއަކީ ތައިލޭންޑްގެ ތާރީޚުގައި އެންމެ ޒުވާން ބޮޑުވަޒީރެވެ.