15 Aug 2024
ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ފަތުވެރިކަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
15 Aug 2024
ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަނީ
ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
15 Aug 2024
ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވަނީ ރަނގަޅު އިސްލާހު ތަކެއް: މައުރޫފް
ސަރުކާރުގެ ފަރާތުން، ފަތުރުވެރިކަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވަނީ ރަނގަޅު އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
15 Aug 2024
އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޞާލިޙް ފޮނުއްވައިފި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
15 Aug 2024
ފަތުރުވެރިކަމަށް ރަށްތައް ދޫކުރާ މުއްދަތު، އިތުރުކުރުމަށް ކުޑަ އަގެއް
ފަތުރުވެރިކަމަށް ރިސޯޓްތައް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތްތަކަށް ރަށްތައް ދޫކުރާ މުއްދަތު، އިތުރު ކުރުމަށް އެފަރާތުން އެދިއްޖެ ނަމަވެސް، އެ މުއްދަތު އިތުރު 50 އަހަރަށް ދަންމާލެވޭ ގޮތަށް ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ހުށަހަޅައިފިއެވެ.
15 Aug 2024
ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުން ވަރުގަދަވާނެ ކަމަށް ޔަގީންކުރަން
އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިޔާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބައި ދަންނަވައިފިއެވެ.
15 Aug 2024
މެދުރާއްޖެ ތެރެއަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ދަންމާލައިފި!
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ނެރެފައިވާ ރީނދޫ ސަމާލުކަމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި ސަރަޙައްދުތަކަށް ނެރެފައިވާ މި އިންޒާރުގެ މުއްދަތު ވަނީ މިއަދު 13:00 އާހަމައަށް އިތުރުކޮށްފައެވެ.
14 Aug 2024
ގޭންގު ކުށްތައް ހުއްޓުވުމަށް އާ ބިލެއް އެކުލަވާލައިފި
ރާއްޖޭގައި ބޮޑުވެފައިވާ ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުގެ ބާރު ކަނޑުވާލުމަށް އަމާޒުކޮށްގެން އާ ބިލެއް ހޯމް މިނިސްޓްރީން އެކުލަވާލައިފިއެވެ. "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ނަމުގައި އެކުލަވާލާފައިވާ މި ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.