ހަބަރު
05 Jan 2024
ރައްކާތެރިކަމާއި އެކު ޗުއްޓީ ދުވަސް ހޭދަކުރެވޭނެ ގޮތްތައް ހަމަޖައްސާނަން: އާޒިމާ
އާއިލާއަށް ރައްކާތެރިކަމާއި އެކު ޗުއްޓީ ދުވަސް ހޭދަކުރެވޭނެ ގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
05 Jan 2024
ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރާނަން: އާޒިމާ
މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރައްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަަމަށް ކުރިމަތި ލައްވާފައިވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
05 Jan 2024
ވިއައިއޭގެ 2 ވަނަ ފިޔަވަހީގެ މަޝްރޫއު ފަށައިފި
ޖުމުލަ 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އާ އިންޓަނޭޝަނަލް ޓާމިނަލަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.
05 Jan 2024
ރައީސް ޑރ.މުއިއްޒު އީރާނުގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
އިރާނުގެ ކެރްމާންގައި އިއްޔެ ހިނގި ބޮން ގޮއްވާލުމުގެ ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިރާނުގެ ސައްޔިދު އިބްރާހިމް ރައީސި އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
05 Jan 2024
މިސްކިތްތައް ބެލެހެއްޓުން މިއަށްވުރެ ވަރުގަދަ ކުރަން ޖެހޭ: އާޒިމާ
މިސްކިތްތައް ބެލެހެއްޓުން މިއަށްވުރެ ވަރުގަދަ ކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޕީޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ، އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
04 Jan 2024
ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕީޖީ ކަންބޮޑުވުން ފާޅުކޮށްފި
ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
04 Jan 2024
3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގައި 3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ޖޮއިން ވެންޗަރއަކާއެކު ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
04 Jan 2024
ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލެސިޓީ ކައުންސިލަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މާލެ ސިޓީގެ ހުޅުމާލޭގައި ފޯރުކޮށްދެމުން ދިޔަ ރަށްވެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.