ހަބަރު
25 Jan 2024
ރައީސް ޚާރިޖީ ސިޔާސަތު، ކަމުނުދިޔައީ، ވަކި ގައުމަކަށް ހުސްނުވީމަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު، އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އަށް ކަމުނުދިޔައީ، މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަކި ގައުމަކަށްގޮސް ހުސްނުވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
25 Jan 2024
ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ވެބްސައިޓް ލޯންޗުކޮށްފި
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ވެބުސައއިޓް ލޯންޗުކޮށްފިއެވެ
25 Jan 2024
ރައީސެއްގެ އަތް ބަންނަން ކުރާ މަސައްކަތަކަށް ތާއީދެއް ނުކުރަން: އަބްދުއްރަހީމް
ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސުލްޖުމްހޫރިއްޔާއެއްގެ އަތް ބަންނަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
25 Jan 2024
މުސާރައާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ފަޒުލް ދޮގު ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށް ބުނެ ފެތުރި ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ
25 Jan 2024
ޝިޔާމް، ގާސިމް އަދި ނާޒިމް ވާދަ ކުރައްވާ ގޮނޑިތަކަށް ކުރިމަތި ނުލާން ނިންމައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވާދަކުރައްވާ ގޮނޑި ތަކަށް ޕީޕީއެމް އަދި ޕީއެންސީން ކުރިމަތި ނުލުމަށް ނިންމައިފިއެވެ.
25 Jan 2024
"ޝަރީއަތުގައި ހުއްދަ މިންވަރަށް ޖިސްމުގެ ގުނަވަންތަކަށް ތަސައްރަފު ކުރުން ހުއްދަ"
އިންސާނާގެ ޖިސްމުގައި ހުރި ގުނަވަންތަކުގެ ތެރެއިން، އިންސާނާގެ ފުރާނައަށް ގެއްލުން ނުލިބޭ މަގުން، އިސްލާމީ ޝަރީއަތުގައި ހުއްދަ ދެއްވާފައިވާ މިންވަރަށް ޖިސްމުގެ ގުނަވަންތަކަށް ތަސައްރަފް ކުރުން ހުއްދަ ވެގެން ވާކަމަށް ރާއްޖޭގެ ފަތުވާ ދޭ މަޖިލީހުން ބުނެފިއެވެ.
25 Jan 2024
ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ
ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ ދ. މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ) ފެނިއްޖެއެވެ.
25 Jan 2024
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާ ފޯރަމް މިރޭ!
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް، އަހާ މިރޭ ބޭއްވުމަށް ހަމަޖެހިއްްޖެއެވެ.