ހަބަރު
27 Jan 2024
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަޒީފާ އިތުރުވެފައިވޭ
އެމް.އެމް.އޭއިން ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އިތުރުވެ އެމްޕްލޯއިމެންޓް އިންޑެކްސްވަނީ 13 ޕޮއިންޓުން 60 ޕޮއިންޓަށް އިތުރުވެފައެވެ
27 Jan 2024
ޗާގޯސް ރަށްތައް އަނބުރައި ނުދޭން އިނގިރޭސި ސަރުކާރުން ނިންމައިފި
ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު މީހުން އަލުން އެރަށްތަކަށް ގެންގޮސް ވަޒަންވެރިވާން ފުރުސަތުދޭން އިނގިރޭސި ސަރުކާރުން އުޅުނު އުޅުން ހުއްޓާލައި އެރަށްތައް ޗާގޯސިއަނުންނަށް ނުދޭން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ. ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު މީހުން އަލުން އެރަށްތަކަށް ގެންދިއުމަކީ އެއީ އިނގިރޭސި ސަރުކާރުން މިހާރު ނުކުރާނެ ކަމެއްކަމަށް ހާމަކުރީ އިނގިރޭސި ޚާރިޖީވަޒީރު ޑޭވިޑް ކެމެރަން އިގިރޭސި ގާނޫން ހަދާ މަޖިލީހުގެ ފޮރިން އެފެއަޒް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުނެވެ.
27 Jan 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކުރިއަށްއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
27 Jan 2024
މާލޭގައި ހަށިވިއްކަމުން ގެންދިޔަ ވިއެޓްނާމުގެ އަންހެނަކު ހައްޔަރުކޮށްފި
މާލޭގައި ހަށިވިއްކަމުން ގެންދިޔަ ވިއެޓްނާމް އަންހެނަކު ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކާއި އެކު ހައްޔަރުކޮށްފިއެވެ.
27 Jan 2024
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާ ކުރަނީ
ދިވެހިންގެ އަދަބިއްޔާތުގައި ހިމެނޭ އެންމެ މުހިއްމު އެއްވައްތަރުކަމަށްވާ ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރެވެމުން އަންނަކަމަށް ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
26 Jan 2024
އައިސީޖޭގެ ހުކުމަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި!
ފަލަސްޠީނުގެ ޣައްޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް އެމެޖެންސީ ފިޔަވަޅުތައް އަޅައި، އެ ފަދަ އަމަލުތައް ނުހިނގާކަން ކަށަވަރު ކުރުމަށް، އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށް ނިންމި ނިންމުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
26 Jan 2024
އުޅަނދުގެ އަދަދު ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ހައްލެއް!
ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމާ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާޢިދަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ.
26 Jan 2024
ފަސް ރަށެއްގައި ބެޓެރިން ކަރަންޓުދޭން ފަށަން ސްޓެލްކޯއިން ނިންމައިފި!
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.