25 Sep 2023
"ސޮވެރިން ފަންޑަށް އަލުން ޑޮލަރު ޖަމާކޮށް، ހިމާޔަތް ކުރާނަން"
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އުފެއްދެވި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރައްވައި އެ ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ހަދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
25 Sep 2023
"ބޯހިޔާވެހިކަމަށް ހައްލު ގެންނާނީ ދައުރު ނިމެންވީމަ އެއްނޫން"
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ގެނެސްދޭނީ ދައުރު ނިމެން ދެ ދުވަހަށް ވީމަ ނެރޭ އިޢުލާނަކުން ނޫން ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ވިދާޅުވެއްޖެއެވެ.
25 Sep 2023
ސަރުކާރުގެ މަގާމުތަކުގައި ތިބި ގިނަ ބައެއްވެ ތާއިދު މުއިއްޒަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ކޯލިޝަން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.
24 Sep 2023
"ބަލިވެގެން ދިޔަ ސަރުކާރުތަކުން މިވަރުގެ ފަނާކުރަނިވި އަމަލުތަކެެއް ނުދެކެން"
ބަލިވެގެން ދިޔައިރު ތިން ސަރުކާރެއްގައި ހުންނެވި ކަމަށާ ނަމަވެސް މި ސަރުކާރުން ފެންނަ ފަދައިން ގައުމު ފަނާކުރަނިވި ވިސްނުންތަކެއް އަދި އަމަލުތަކެއް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
24 Sep 2023
"ރައީސް ޞާލިހަށް ތާއީދު ކުރުމަށް އެމަނިކުފާނު އެދިނުލައްވާ!"
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާކުރެއްވިކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް އެފަދަ މަޝްވަރާއެއް މިއަދުގެ ބައްދަލުވުމުގައި ނުކުރައްވާ ކަމަށާ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
24 Sep 2023
އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު
އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
24 Sep 2023
48 ގަޑިއިރު ތެރޭގައި 361 ޝަކުވާ ރީރެޖިސްޓޭޝަން ލިސްޓަށް ލިބުނު!
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީރެޖިސްޓޭޝަން ލިސްޓަށް ހުޅުވާލި 48 އިރުތެރޭގައި 361 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
24 Sep 2023
ހިތްވަރެއް ހުރިނަމަ އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރައްވާ!
ހިތްވަރެއް ހުރިއްޔާ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.