ހަބަރު
23 Sep 2023
ރީ ރެޖިސްޓްރޭޝަނަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ހުށަހެޅި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރީ ރެޖިސްޓަރ ކުރުމަށް ހުށަހެޅި ފޯމުތަކާއެކު ސާާފު ނޫން ފޮޓާތަކާއި މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑުވެސް ހުށަހަޅާފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
23 Sep 2023
ނިޒާމީ ވޯޓަށް އެދުނު ބަޖެޓަށް މަޖިލީހުން އިޖާބައެއް ނުދިން
މި އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓާ ގުޅޭ ގޮތުން މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހިއްޖެ ނަމަ އެކަމަށް ބަޖެޓު ބޭނުންވާނެ ކަމަށް ބުނި ނަމަވެސް މަޖިލީހުން އެކަމަށް އިޖާބަ ދީފައި ނުވާކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
23 Sep 2023
ރީރެޖިސްޓޭޝަން ލިސްޓަށް މިހާތަނަން ލިބިފައިވަނީ 34 ޝަކުވާ!
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީރެޖިސްޓޭޝަން ލިސްޓަށް މިހާތަނަށް ލިބިފައިވަނީ 34 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
23 Sep 2023
އެމްޑީޕީ އިން މިއަދު މުޅި ރާއްޖޭގައި ދޮރޮން ދޮރަށް ހަރަކާތެއް ހިންގަނީ
އެމްޑީޕީ އިން މިއަދު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ކެމްޕޭނު ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީ އިން ބުނެފިއެވެ.
23 Sep 2023
އިލެކްޓްރިކް ވެހިކަލަށް އިންވެސްޓް ކުރަން އެހީވާނަން: ޑރ މުއިއްޒު
ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އިލެކްޓްރޯނިކް އުޅަނދުތަކަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންވެސްޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2023
އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު 12 ވޯޓް ފޮއްޓެއް ބެހެއްޓޭނެ!
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފުރަތަމަ ބުރުގައި ބެހެއްޓި ވޯޓު ފޮށީގެ އިތުރުން 12 ވޯޓު ފޮއްޓެއް ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
23 Sep 2023
ނިޒާމާއި ބެހޭ ވޯޓު ނެގުމަށް އަދި ހަމަޖެހިފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު: އީސީ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ފެންނަނީ ބަރުލާމާނީއަށްތޯ ނުވަތަ ރިޔާސީ ނިޒާމަށްތޯ ބެލުމަށް ނެގޭ ނިޒާމީ ވޯޓު ނެގުމަށް އަދި އިލެކްޝަންސް ކޮމިޝަނުގައި މަޝްވަރާ ކުރެވިފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
23 Sep 2023
"ނިޒާމީ ވޯޓަށް ޝައުގެއް ނެތް، ފޯކަސް ހުރީ ދެވަނަ ބުރަށް"
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ފެންނަނީ ބަރުލާމާނީއަށްތޯ ނުވަތަ ރިޔާސީ ނިޒާމަށްތޯ ބެލުމަށް، ނިޒާމު ބަދަލުކުރުމާ މެދު ނަގާ ވޯޓަށް މި ވަގުތު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި މިވަގުތު ފޯކަސް އޮތީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2023
ތ.ގުރައިދޫ ކައުންސިލްގެ ހަމައެކަނި އެމްޑީޕީ މެމްބަރު ޕީޕީއެމަށް
ތ.އަތޮޅު ގުރައިދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި އެމްޑީޕީ މެމްބަރު ޙަމްދާން ޢަލީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ.
23 Sep 2023
ކުޅުދުއްފުށްޓަށް 2000 ހައުސިން ޔުނިޓް އަޅާނަން: މުއިއްޒު
ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ހދ ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިނގަވާނެކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.