ހަބަރު
27 Nov 2023
މަޖިލީހުގެ ހިނގަމުންދާ ދައުރު ދަންމާލަން ފާސްކޮށްފި!
ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.
27 Nov 2023
ރައީސް ޔާމީން، ޕީއެންއެފް އޮފީހަށް ވަޑައިގެން މައްސަލަ ބަލަނީ
ގޭ ބަންދަށް ބަދަލުކުރައްވައިފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްޕީޕީއެމުން ވަކިވެ ވަޑައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ރޭ ވަޑައިގެން، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
27 Nov 2023
މުހައްމަދު ލަތީފް ސްޓެލްކޯއިން ރިޓަޔަރ ކުރައްވައިފި
މެދު ނުކެނޑި 34 އަހަރު ސްޓެލްކޯއަށް ޚިދުމަތް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ލަތީފް އެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
27 Nov 2023
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި ކާރަކާއި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
27 Nov 2023
ކޮޕީރައިޓާއި ގުޅޭ ގާނޫނުތަކަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިކޮނިމިކް މިނިސްޓަރީން ހުޅުވާލައިފި އެވެ.
27 Nov 2023
"އެހެން ސަރަހައްދު ތަކުގައިވެސް ފަޅުން ގޯތި ދެވޭނެ"
މާލެ ސަރަހައްދުގައި ފަޅު ފަޅުން ގޯތު ދޫކުރެވޭ ނަމަ، ރާއްޖޭގެ އެހެން ރަށް ރަށުގައިވެސް ފަޅުން ގޯތި ދުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
27 Nov 2023
ޕީއެންއެފް އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީސް ޔާމިން!
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފައްދަ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ރައީސް ޔާމިން ސޮއިކުރައްވައިފިއެވެ.
27 Nov 2023
ބާޣީ ލުތުފީ މިނިވަންވެއްޖެ
1989 ވަނަ އަހަރު ގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދު މިނިވަންވެއްޖެއެވެ.