ހަބަރު
08 Sep 2023
ގާސިމްގެ ރިޔާސީ ވައުދެއް ފުއްދަވައިފި!
ކީރިތި ގުރުއާނުގެ ތަފްސީރުގެ ދިވެހި ތަރުޖަމާއެއް، ނެރުއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ވަޢުދު، ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ފުއްްދަވައި ދެއްވައިފިއެވެ.
08 Sep 2023
މިޓީމާއި ވާދަކުރެވޭނެ އެހެން ޓީމެއް ނެތް!
އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ޓީމާއި ވާދަކުރެވޭނެ އެހެން ޓީމެއް ނެތްކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
08 Sep 2023
ޤާސިމްގެ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން މިއަދު ހަވީރު
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
08 Sep 2023
އައްޑޫ ހަދާނީ ރާއްޖޭގެ ތަރައްޤީގެ މައި އެއްހަބަށް!
މިސަރުކާރުން އައްޑޫ ސިޓީ ތަރައްޤީ މިކުރަނީ ރާއްޖޭގެ އިޤްތިޞާދުގެ އެއް ހަބުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
08 Sep 2023
"އެހެން ގައުމެއްގެ ބާރު ހިނގާ ހިސާބަށް ދިޔުމުން ވިސްނަންޖެހޭ"
ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Sep 2023
މުއިއްޒުގެ މެނިފެސްޓޯ: ދިވެހިރާއްޖެ އިސްލާމީ ވަހުދަތާ ތައުލީމުގެ އައު ހަރުފަތަކަށް
އިންތިހާބުގެ ވޯޓުލުމަށް އެންމެ ދުވަހަކަށް ކުޑަތަން ވެފައިވާއިރު, އިންތިހާބުގައި ވާދަކުރަމުންދާ ހުރިހާ ކެންޑިޑޭޓުންވެސް އެ ކެންޑިޑޭޓެއްގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކޮށް އެ ފަރާތްތަކުގެ ފަލްސަފާ އާއި ދިވެހިގައުމުގެ ކުރި އެރުމާމެދު ތަސައްވުރު ގެންގުޅޭ އާންމުކުރަމުންނެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެރިއަކު އައްޔަނު ކުރުމުގައި މި ގައުމުގެ ރައްޔިތުންނަށް އެންމެ އިސްވާނީ ގައުމުގެ ދީނާއި ދަމަހައްޓާ، މި ގައުމުގެ އިސްލާމީ ވަންތަކަމަށް ލޯބި ކުރާ ވެރިއަކު ކަން ޔަގީނެވެ.
07 Sep 2023
ޕީޕީއެމްގެ ލޯޔަރު އާސިފް އެމްޑީޕީއަށް
އިދިކޮޅު ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރުގެ ގޮތުގައި ހުންނެވި އަދި ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުالله ޔާމީންގެ ވަކީލު، އާދަމް އާސިފް ޕީޕީއެމްއިން ވަކިވެ އެމްޑީޕީއާ ގުޅިއްޖެއެވެ.
07 Sep 2023
ދީނަށް ފުރައްސާރަކުރި ޝައިހާން، ގުރުއާނަށް އިހާނަތިކޮށް ހިތައިފި!
އިސްލާމްދީނަށާއި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނިކޮށް ރާއްޖެއިން ބޭރަށް 'ފުރުވާލި' ހުސައިން ޝައިހާނު (ކުރެދި ކުރި) ކީރިތި ޤުރުއާނަށް އިހާނަތިކޮށް ހިތައިފި އެވެ.