ހަބަރު
02 Sep 2023
އުފާވެރި މާލެ: ފުދުންތެރިކަން ކުޑަ މީހުންނަށް ކައުންސިލް ހައުސިންގ
ރޭ އެމްޑީޕީއިން މާލެ ސިޓީގައި ބޭއްވި ޖަލްސާގައި ތަޢާރަފްކުރި "އުފާވެރި މާލެ" މެނިފެސްޓޯގެ ދަށުން ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގ ފޯރު ކޮށްދޭނެ ކަމަށް ބުނެފިއެވެ.
01 Sep 2023
މިރޭ ވޯޓު ގުނިޔަސް އަޅުގަނޑުމެން މޮޅުވާނެ: ރައީސް ޞާލިހު
ރިޔާސީ އިންތިހާބުގެ ވޯޓު މިރޭ ގުނައިފި ނަމަވެސް، އެ އިންތިހާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަަމަށް އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
01 Sep 2023
ގާސިމް ކިޔައި ދެއްވީ ކުއްޔާއި ލޯނު މަޢާފު ކޮށްދެއްވާނެ ގޮތް!
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ލޯނުތަކާއި ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ގޮތް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.
01 Sep 2023
ދިވެހީންގެ ރާއްޖެ ސައިކަލު ބުރަށް ޒުވާނުންގެ ބޮޑު ތަރުހީބެއް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޒުވާނުން އިސް ނަގައިގެން "ދިވެހީންގެ ރާއްޖެ" ނަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއްޖެ އެވެ.
01 Sep 2023
ކައްދޫއިން ފެނުނީ "އެއްބުރުން މުއިއްޒު" ހޮވުމުގެ ރޫހު
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ ކައްދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
01 Sep 2023
މަޑުން ތިބެނީ، ގާނޫނާއި އެއްގޮތަށް ކަން ކުރޭތޯ ބަލަން: ގާސިމް
‏މިހާތަނަށް ޖޭޕީއާއި އެކު ކޯލިޝަން ހަދައިގެން އައި އެއްވެސް ސަރުކާރަކުން، އެ ޕާޓީއާއި އެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ނުކުރާ ކަމަށާޒ އެހެން ނަމަވެސް، އެ ޕާޓީން މަޑުން ތިބެނީ ސަރުކާރުން ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
01 Sep 2023
ލަންކާގައިއުޅޭ ދިވެހިންނަށް ޚާއްސަކޮށްފައިވާ މެނިފެސްޓޯއެއް!
ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކުރުމަށް، މާދަމާ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
01 Sep 2023
"ރައީސް ޔާމީން ވިދާޅުވިއޭ ކިޔާ ދޮގު ވާހަކަ ފަތުރަނީ ބަލިވާތަން ފެންނާތީ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވިކަމަށް ބުނެ ސަރުކާރު އަޑީގައި އޮވެގެން ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.