ހަބަރު
31 Aug 2023
ނައިފަރުން ޑރ މުއިއްޒަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ދައްކާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ނައިފަރަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ސަޕޯޓަރުން ދައްކާލައިފި އެވެ.
31 Aug 2023
4000 ހައުސިންގް ޔުނިޓް އަޅަން އެމެރިކާ އީޕީސީ އަށް!
އަތޮޅުތަކާއި މާލެ ސަރަހައްދުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓަޑްއާއި ދުމެދު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
31 Aug 2023
"ހިންދޫ ކުލާސް ނެގި މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނަން"
މާލޭގައި ހިންދޫ ދީނުގެ ކުލާސްތަކެއް ނަގައިދިން މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
31 Aug 2023
ހިންނަވަރުން ގޮވާލީ "އެއްބުރުން މުއިއްޒު" ނަގާނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އުފަން ރަށް، ޅ ހިންނަވަރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
31 Aug 2023
ސަލަފް ޖަމިއްޔާގެ މަސައްކަތް ރައްޔިތުންނަކަށް އެނގޭނެ!
ރާއްޖެގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔަތުއް ސަލަފުން ކުރާ މަސައްކަތް ދިވެހިރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި، އެޖަމިއްޔާއާއި މެދު ދިފާޢީ ވަޒީރު މާރިޔާ އަހްމަދު ދީދީ ހައްދަވަމުންދާ އަސާސެއް ނެތް ބުހުތާނު ދޮގުތައް ހުއްޓާލަން ޖެހޭ ކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.
31 Aug 2023
ހިންދޫ ފާދިރީ ކުލާސް އިޝްތިހާރު ކުރިކަން ނޭނގޭ!
ހިންދޫ ފާދިރީ ހޮޓެލް ތެރޭގައި ކުލާސް ނެގުމާއި ގުޅިގެން ޖަހާފައިވާ އިޝާތިހާރު ތަކަކަކީ އެ ހޮޓަލަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އުނިމާ ގްރޭންޑް އިން ބުނެފިއެވެ.
31 Aug 2023
"ތާއީދުކުރާތީ ވަޒީފާއިން ކަނޑާލާ މީހުންގެ ވަޒީފާ އިޔާދަކޮށްދޭނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ތާއީދުކުރައްވާތީ، އަދި އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނިކުމެގެން ވަޒީފާއިން ކަނޑާލާ މީހުންގެ ޒަވީފާތައް އިޔާދަކޮށްދޭނެކަމަށް ޑރ މުއިއްޒު ވިދާޅުވެއްޖެ އެވެ.
31 Aug 2023
އަނިޔާވެރިކަން ބަދަލުކުރީ ވޯޓުން، ދެންވެސް އެކަން ކުރާނީ އެހެން!
މެދު ނުކެނޑި 6 އަހަރު އަނިޔާވެރިކަމާއި ދެކޮޅަށް މަގުމަތީގައި އަޑުއުފުލުމަށް ފަހު 2018 ވަނަ އަހަރު އަނިޔާވެރިކަން ބަދަލުކުރަން ބޭނުންކުރީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހައްޤު ވޯޓު ކަމަށް ރައީސް އިބަރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.