04 Apr 2023
އެކްސިޑެންޓްވުމުން ފިލަން އުޅުނު މީހާގެ ބަންދަށް 10 ދުވަސް
މާލޭގައި ރޭ ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުން މަޑުކުރަން ކުރަން ފުލުހުންގެ އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑެއްގައި ދުއްވަނިކޮށް އެހެން ދެ ސައިކަލާއި އެކްސިޑެންޓްވުމަށްފަހު ފިލަން އުޅުނު މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
04 Apr 2023
ޖޭޕީގެ ދަޢުވަތު ނާޒިމުވެސް އުމަރުވެސް ޤަބޫލެއް ނުކުރި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްޙޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދިން ދަޢުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީން އަދި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ޤަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެއްޖެ އެވެ.
04 Apr 2023
އިޒްރާއިލުން ފަލަސްޠީނުގެ ފުޓުބޯޅަ ދަނޑަށް ދިން ހަމަލާ ކުށްވެރިކޮށްފި
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން އިން އިޒްރާއިލް ސިފައިން ފަލަސްޠީނުގެ އަލް ޙުސެއިނީ ފުޓުބޯޅަ ސްޓޭޑިއަމް އަށް ދިން ހަމަލާ ކުށްވެރިކޮށް ފިއެވެ.
04 Apr 2023
އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މުހައްމަދު އާޒާދު އައްޔަންކޮށްފި
މާލިއްޔަތު ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އުފައްދަން ކަނޑައަޅާފައިވާ އެކައުންޓެންޓު ޖެނެރަލްގެ މަޤާމު އުފައްދަވާ އެ މަޤާމަށް މުހައްމަދު އާޒާދު އައްޔަންކޮށްފި އެވެ.
04 Apr 2023
"ނިއުޔޯކު ދަތުރުފުޅުގެ ރަސީދު ހާމަކޮށްފިނަމަ ރައީސް ޞާލިހަށް ނުރައްކާވާނެ"
2021 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ދަތުރުފުޅުތަކަށް ކުރެއްވި ޚަރަދުގެ ތަފްސީލުތައް ނުވަތަ ރަސީދުތައް ހާމަކޮށްފިކަމަށް ވާނަމަ އެމަނިކުފާނަށް ނުރައްކާވެދާނެ ކަމަށް ދައުލަތުން ބުނެފި އެވެ.
04 Apr 2023
އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށް ހުށަހެޅުނު އިސްލާހު ފާސްކޮށްފިއެވެ.
04 Apr 2023
އާރަށު މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
ވ އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.
04 Apr 2023
"ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓު ހަދާނެ ރަށެއް އަދި ނުނިންމޭ"
ރ. އަތޮޅު ދެކުނު ބިމުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަކަ ސަރުކާރުން ދެކެވެމުން އައި ނަމަވެސް އެއާޕޯޓް ތަރައްގީ ކުރާނެ ރަށެއް އަދި ކަނޑައެޅިފައިނުވާ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.