ހަބަރު
20 Feb 2023
ސީރިޔާގެ "މިރަކަލް ބޭބީ" ބޮޑުދައިތަގެ ލޯބީގެ ހިޔަލަށް
ބިންހެލުމަށް ފަހު އިމާރާތުގެ ދަށުން ނަގައިގެން ގެންދިޔަ ގޮތަށް ކުއްޖާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާ އާއި އެނާ ހަވާލު ކޮށްފައިވަނީ މިއަދުއެވެ. އޭނާގެ ބޮޑުދައިތަގެ ފިރިމީހާ ވަނީ، ބިންހެލުމުގެ ތިން ދުވަސް ފަހުން އުފަންވި އޭނާގެ ދަރިފުޅެކޭ އެއްގޮތަށް އެކުއްޖާ ބޮޑު ކުރާނެ ކަމަށް ބުނެފައެވެ.
20 Feb 2023
ބޭރު ފަރާތެއްނަމަ ތިލަފުށިން ބިން ދޫކުރާނީ ކުއްޔަށް: އެޗްޑީސީ
ތިލަފުށިން ބީލަމުގެ އުސޫލުން ބިން ދޫކުރާއިރު ބޭރު ފަރާތްތަކަށް ދޫކުރާނީ ކުއްޔަށް ކަމަށާއި، އެފަދައިން ބިންތައް ދޫކުރާނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެފިއެވެ.
19 Feb 2023
12 ދުވަސް ފަހުން އާއިލާއެއް ސަލާމަތްކޮށްފި
ތުރްކިޔޭ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ތުރްކިޔާއިން ވެއްޓުނު ޢިމާރާތެއްގެ ދަށުން، ކާރިސާއަށް 12 ދުވަސް ފަހުން ސީރުޔާގެ އާއިލާއެއް ސަލާމަތްކޮށްފިއެވެ.
19 Feb 2023
"ކޯލިޝަން ހަަދައިގެން ދައުލަތް ބަހާ އުސޫލު ބަލައެއް ނުގަނެވޭ"
ކޯލިޝަން ހަދައިގެން ދައުލަތް ބަހާ އުސޫލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
19 Feb 2023
އައީޖީއެމްއެޗްގައި ވަސީލަތްތައް ނެތީގެން އެހީއަށް އެދެނީ
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެޗްގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ބައެއް ވަސީލަތްތައް ނެތިގެން ޑޮކްޓަރުންނާ ނަރުހުން އާއްމުންގެ އެހީއަށް އެދެން ފަށައިފިއެވެ.
19 Feb 2023
ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާނުލާ ކުރިއަށް
މާފުށީ ޖަލުގައި ހަރުކަށި ޔުނިޓްގައި ތިބި ގައިދީން ކުރިއަށް ގެންދާ ބަނޑިހައިކަމުގެ ހަޅުތާލަށް ފަސް ދުވަސް ވެފައިވާއިރު އަދިވެސް ޤައިދީން ތިބީ އެގޮތުގައެވެ.
19 Feb 2023
މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދޭ ނިޒާމް ބަދަލު ކުރުމަށް ޤަރާރެއް ހުށައަޅަނީ
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެގޮތަށް ނިޒާމު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައި ޤަރާރެއް ހުށަހެޅުމަށް ނިންމާފިއެވެ.
19 Feb 2023
ގާސިމް އާއި އެކު ބޭއްވީ ވަރަށް އުއްމީދީ ބައްދަލުވުމެއް: ނިޔާޒު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯ އަކީ ކުރީގެ ފޮޓޯއެއް ނޫން ކަމަށާ، އެ ބައްދަލުވުމަކީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.