ހަބަރު
18 Feb 2023
"ރައީސް ޔާމިނަށް ކުރި ވަރުގެ ހަލާލު ހުކުމެއް ތާރީހުގައިވެސް ނުކުރޭ"
ވ. އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށްވުރެ ވަކި "ހަލާލު" ހުކުމެއް ތާރީހުގައިވެސް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
18 Feb 2023
"ޞާލިހު ގެނެސްދިނީ ނޫރާނީ ދައުރެއް، ދައުލަތުގެ ސިފަ ޖައްސައިދީފި"
ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ ޖައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
18 Feb 2023
"ތިޔައީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު އިންޑިޔާގެ ޑިފެންސް މިނިސްޓަރެއް ނޫން"
ދިވެހި ސިފައިންގެ ތެރޭގައި އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަލީ އިހްސާން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަލީ އަށް ވަރުގަދަ ރައްދެއް ދެއްވައިފިއިވެ.
18 Feb 2023
ފައްޔާޒު ގޮވާލެއްވީ ޒާތީ ތައައްސުބު އެއްފަރާތްކޮށް ގުޅިގެން މަސައްކަތް ކުރުމަށް
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމުގައި ދެމިއޮވެވޭނީ ޒާތީ ތައައްސުބު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
18 Feb 2023
"އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޖެހޭ، އަޅުގަނޑަކީ އެމްޑީޕީ މީހެއް"
ކުރިއަށްއޮތް ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއްކަން ހަނދާން ކޮށްދެއްވައިފި އެވެ.
17 Feb 2023
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހު އަތްޕުޅަށް އަރުވައިފި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފި އެވެ.
17 Feb 2023
ހިޔާ ފްލެޓު ފިނިޝިންއަށް ނެގި ލޯނާއި، ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ގޮވާލައިފި
ރާއްޖޭގައި މަޝްރޫއު ހިންގަމުންދާ އިންޑިއާގެ 5 ކުންފުންޏަކަށް އިންކަމް ޓެކްސް މާފުކޮށްދިން ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ނެގި ލޯނުތައް މާފުކޮށްދީ، އެ ފްލެޓުތަކަށް ނިކަމެތިން ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއްކަމަށްވާ އާންމުންގެ އެކުވެރި ޖަމުއިއްޔާއިން ގޮވާލައިފި އެވެ.
17 Feb 2023
ޠާރިގު ނާޒިމަށް: އިންޑިޔާ ސިފައިން ފައިބަން ގޮވާލަބަލަ
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބާއްވައިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބަހުގެ ހަމަލާތަކެއް އޭނާ އަށް އަމާޒު ކުރައްވައިފިއެވެ.