21 Feb 2023
ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކޮށްފި
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފިއެވެ.
21 Feb 2023
މިނިވަންކަމާއި އެކު ވޯޓު ލުމުގެ ހައްގު ހޯދާއި ދިނުމަށް ޕެޓިޝަން
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިނިވަންކަމާއި އެކު ވޯޓު ލުމުގެ ހައްގު ހޯދާއިދޭން އެދި ޕެޓިޝަން ދިވެހި ރާއްޖޭގެ ލޯފަން މީހުންގެ ހައްގުތަށް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ފެޓިޝަނެއް އެކުލަވާލައިފިއެވެ.
21 Feb 2023
"ކޯލިޝަން ހަދަން އެއްބަސްކުރެވޭނީ އަމިއްލަ ޕާޓީ އެއްބައި ކުރުމުގެ އުރަތްޕެއް ހުރެގެން"
ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
21 Feb 2023
މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ޒިންމާވާން ޖެހޭގޮތަށް ހަދައިފި
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވައިދު އެކުލަވާލައިފި އެވެ.
21 Feb 2023
"ނީލަން ފިހާރަ ހުންނަޖެހޭ؛ އެދުނު ބިމެއް ނުދިން"
މާލޭގައި ނީލަން ފިހާރައެއް ހުންނަޖެހޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނި ނަމަވެސް، އެކަމަށް އެދުނު ބިން ނުދޭ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Feb 2023
"އަމީނީމަގުގެ މަސައްކަތް ކުރިއަށްދަނީ އީއައީއޭ އާ އެއްގޮތަށް"
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އާއި އެއްގޮތަށް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
21 Feb 2023
"އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން މިހާރު އެބަ ނަގާ"
ފާއިތުވި ހަފްތާގައި އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން ނަގަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށްދާ ގޮތަށް ރައްޔިތުންގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
21 Feb 2023
ފޮއްދޫއިން ގޯއްޗަށް އެދުމަށް ހުޅުވާލައިފި
ހުރިހާ ރަށެއްގެ މީހުންނަށް ވެސް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫން ގޯތި ލިބޭ ގޮތައް އެރަށުން ގޯތި ދޭ އުސޫލު އާއްމު ކޮށްފިއެވެ.