ހަބަރު
14 Feb 2023
"ޓީޗަރުންގެ މުސާރައިގެ އުސޫލުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރެވޭނެ ކަމެއް ނެތް"
ޑިގްރީ ހަދާ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގައި ގެންގުޅޭ ދޯހަޅި އުސޫލާއި ގުޅިގެން ގިނަ ޝަކުވާ ތަކެއް ލިބެމުންދާ ކަމަށާ، އެހެން ނަމަވެސް އެ މައްސަލަ ހައްލު ކުރެވެންނެތް ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފިއެވެ.
14 Feb 2023
އިހްތިޖާޖު ކުރާ އެފްކޯންސް ގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ބުނެ ފުލުހަށް
އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީއާއި ކާން ނުދޭތީ އެ މުވައްޒަފުން އިހުތިޖާޖުކުރުމުން ކުންފުނިން އެމީހުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ އެ ސިޓީގެ ޕޮލިސް ސްޓޭޝަނަށް ގޮސްފިއެވެ.
14 Feb 2023
މަސްތުވާތަކެތި އެތެރެކުރި ބޭރު މީހަކު ހައްޔަރުކޮށްފި
ދިރުވާލައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
14 Feb 2023
"އިންޑިއާއިން ހަނިމާދޫއަށް އަންނަން ފެށުމުން ފަތުރުވެރިކަން ކުރި އަރާނެ"
އިންޑިއާގެ މަތިންދާ ބޯޓުތައް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަން ފެށުމުން އެ ސަރަހައްދުގެ ފަތުރުވެރިކަން ބާރަށް ކުރި އަރައިގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ.
14 Feb 2023
ދަމަނަ ވެށިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ގަޑިއަށް ބަދަލެއް
ދަމަނަ ވެށިން އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
14 Feb 2023
ބްރޯޑްކޮމްގެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއިމެދު އާންމުންގެ ޙިޔާލު ހޯދަނީ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ އެމަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޙިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
14 Feb 2023
ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ ބަލައެއްނުގަތް
ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލައި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
14 Feb 2023
ދައްކަން ނުޖެހޭ ފީއެއް ދެއްކުނު ނަމަ, ކަމާއި ބެހޭ ފަރާތަކަށް ހުށަހަޅާ"
މިނިސްޓްރީއަށް ދައްކަން ނުޖެހޭ ފީއެއް ދެއްކުނުކަމަށް، ނުވަތަ ދައްކަންޖެހޭ ވަރަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހުނު ނަމަ ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ޓޫރިޒމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.