ހަބަރު
09 Feb 2023
"ބިދޭސީންނަށް ބިން ވިއްކަނީއެއްނޫން، 99 އަހަރަށް ކުއްޔަށްދެނީ"
ތިލަފުށިން ބިދޭސީންނަށް ބިން ވިއްކަނީ ނޫން ކަމަށާއި 99 އަހަރަށް ކުއްޔަށް ދެނީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
09 Feb 2023
ރިޔާސީ އިންތިޚާބުގައި ޤާސިމް ރައީސް ޞާލިޙަށް ތާއީދު ނުކުރާނެ
މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދް ޞާލިޙަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Feb 2023
ޔޫއެންގެ އެހީގެ ފުރަތަމަ ގާފިލާ ސީރިޔާ އަށް
ބިންހެލުމަށް ފަހު ޔުނައިޓެޑް ނޭޝަންސް އިން ފޮނުވި އެހީގެ ފުރަތަމަ ގާފިލާ ތުރުކިޔޭ މަގުން ސީރިޔާގެ ހުޅަނގު އުތުރަށް ވަނީ ވަދެފައެވެ.
09 Feb 2023
ތުރުކީގައި ތިބި ހުރިހާ ދިވެހިންގެ ލާހު ރަނގަޅުކަމަށް ސަރުކާރުން ބުނެފި
ތުރުކީގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
09 Feb 2023
މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މަރޗް 2 ގައި
މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މަރޗް މަހުގެ 2 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
09 Feb 2023
"ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު މީހުންނަށް ތިލަފުށިން ބިން ވެއްކޭ އުސޫލު ބަދަލުކޮށް، ވިއްކި ބިންތައް އަތުލާނަން"
ދެން އެންމެ އަވަހަށް އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ވިއްކޭގޮތަށް އޮތް އުސޫލު އުވާލާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
09 Feb 2023
ޝާޔާއަށް އިސްލާމިކް މިނިސްޓަރ ހިތްވަރުދެއްވައިފި
މިސްރުގައި ބޭއްވި 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.
09 Feb 2023
އާސަންދަ އާއި ޕްރައިމަރީ އާއި ގުޅުމެއް ނެތް: މިއުވާން
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ހަތަރު ގުނަ އަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ދެއްވައިފި އެވެ.