08 Feb 2023
ތުރްކިޔޭ ސީރިޔާ ބިންހެލުން: ސީރިޔާ ގެ ހާލަކީ ކޮބާ؟
ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު، މެދުކެނޑުމެއްނެތި 7 އަހަރު ހަނގުރާމައިގެ ވިލާގަނޑުގެ ދަށުގައި ތިބި ސީރިޔާ ގެ ރައްޔިތުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
08 Feb 2023
"އައްޑޫ މަގުގެ މަސައްކަތުގެ ސަބަބުން ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ"
އައްޑޫ މަގުގެ މަސައްކަތުގެ ސަބަބުން ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
08 Feb 2023
"ބޭރުމީހުނަށް ޤަރުނަކަށް ނުއަގުގަ އެވިއްކަނީ ދިވެހިންގެ މުސްތަޤްބަލް"
ދިވެހި ގިނަ ވިޔަފާރިތަކެއްގެ ސިނާއީ މަސައްކަތް ކުރާ ރަށް، ތިލަފުށީގައި އިންޑަސްޓްރިއަލް ހަބެއް ހެދުމުގެ ބޭނުމުގައި އެރަށުގެ ބިން 99 އަހަރަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ނިންމެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
08 Feb 2023
ބިންހެލުމުގައި ގެއްލުންވި ސަރަހައްދު ތަކަށް ރައީސް އުރްދުޣާން ޒިޔާރަތް ކުރައްވަނީ
ތުރްކިޔޭ އާއި ސީރިޔާ އަށް ވަރުގަދަ ބިންހެލުންތަކަށް ފަހު ތުރްކިޔޭ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން ތުރްކިޔޭގެ ބިންހެލުން އައި ސަރަހައްދަށް ޒިޔާރަތް ކުރައްވަން ނިންމަވައިފިއެވެ.
08 Feb 2023
ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
މިފަހުން ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީއިން ކުރި މުޒާހަރާތައް ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ ބައިނަލްއަގްވާމީ ޖަމުއިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ކުށްވެރިކޮށްފި އެވެ.
08 Feb 2023
"މަޖިލިސް މެމްބަރުންގެ ޒިންމާތަކަށް ހުރަސްއަޅަނީ ސަރުކާރުން އަންގައިގެން"
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ޒިންމާއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން ހުރަސްއަޅަމުން ދަނީ ސަރުކާރުން އަންގައިގެން ކަމަށާއި، އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
08 Feb 2023
"އާއިލާއާއި ސަލާންކޮށްކުމުގެ ފުރުސަތު ރައީސް ޔާމިނަށް ނުދިނީ އިމްރާނުގެ އޯޑަރަށް"
ޖަލަށް ވަޑައިގަތުމުގެ ކުރިން އާއިލާއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުދެއްވީ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲގެ އޯޑަރަށްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
08 Feb 2023
ޖަލްސާ ހޫނުވެ، ފަލާހުގެ ނަން އިއްވާ މަޖިލީހުން ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަން އިއްވާ މަޖިލީހުގެ ޖަލްސާއިން ނެރެފި އެވެ.