ހަބަރު
21 Jan 2023
"އެމްޑީޕީ ނޫން އެންމެން އެމްޑީޕީއާ ދެކޮޅުވުމަކީ އާންމު މެމްބަރުންގެ ކުށެއް ނޫން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫން އެންމެން އެމްޑީޕީއާއި ދެކޮޅުވުމުގައި ޕާޓީގެ އާންމު މެމްބަރުންގެ ކުށެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
21 Jan 2023
"މާލޭގެ ރައްޔިތުންނަށް ބިންކަނޑާ، އިން ވަކިކޮށް ގޯތި ދޭނީ އަޅުގަނޑު"
މާލޭ ރައްޔިތުންނަށް އިންވަކިކޮށް ގޯތި ދޭނީ އެމަނިކުފާނު ކަމަށް އަނެއްކާވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
20 Jan 2023
"ބިރު ހީވަނީ ރައީސް ނަޝީދު ރައީސް ޔާމީނާ ކޯލިޝަނެއް ހައްދަވައިފާނެތީ"
މިއަދު، އެންމެ ބިރު ހީވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކީގައި ކޯލިޝަން އެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
20 Jan 2023
"ހަނިމާދޫ އެއާޕޯޓަށް ޖީއެމްއާރަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެ"
ހަނިމާދޫ އެއާޕޯޓު އަނބުރާ ހޯދަން މީގެކުރިން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 Jan 2023
ރޭޕްގެ މައްސަލައިގައި ހަމީދުގެ ތައުރީފް ފުލުހުންގެ ތަހުގީގަށް
ކުޑަ އަންހެން ކުއްޖަކު ރޭޕު ކޮށް ބަރަހަނާ ފޮޓޯ ނެގި މައްސަލައެއް ސާބިތުވި މީހެއް 40 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މި މައްސަލަ ތަަހުގީގުކުރި ފުލުހުންގެ ޓީމަށް ތައުރީފް ކުރައްވައިފި އެވެ.
20 Jan 2023
ފުލުހުން، އަލްހާންގެ އޮފީސް ބަލައި ފާސްކޮށްފި
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އޮފީހާއި ދިރިއުޅޭ ތަން ބަލައި ފާސްކޮށްފި އެވެ.
20 Jan 2023
ރައީސް ސާލިޙު، ކެމްޕޭނަށް ފުވައްމުލަކާއި ހުވަދު އަތޮޅަށް ވަޑައިގަންނަވަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މާދަމާ ފުވައްމުލަކާއި ހުވަދު އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
20 Jan 2023
"އެންމެ ބޮޑު ފަސޭހަ އަކީ ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން"
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ މެމްބަރުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކޮށްދެއްވި އެންމެ ބޮޑު އެއް ފަސޭހަ އަކީ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުގައި ހުންނަ ބޭފުޅަކު ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ.