ހަބަރު
03 Dec 2020
ކުރިއަރަމުން އަންނަ ކުދި، މެދުފަންތީގެ ވިޔަފާރިތަކަށް "ވޮއިސް"ގެ ފަރާތުން ޚާއްސަ ފުރުސަތެއް!
ވޮއިސްގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް "ވޮއިސް"ގެ ފަރާތުން ވަރަށް ޚާއްސަ ފުރުސަތެއް ހުޅުވާލަން ނިންމައިފިއެވެ. އެގޮތުން އެފަރާތްތަކުގެ ވިޔަފާރިތަކާ ގުޅޭ އެޑްވަޓޯރިއަލް އަދި ޚަބަރުތައް ވަރަށް ހެޔޮ އަގެއްގައި ޖަހައިދޭން ވޮއިސްގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ ނިންމާފައެވެ. ވޮއިސްގެ ފަރާތުން މިފަދައިން ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން ވަރަށް ގިނަ އާ ވިޔަފާރިތަކެއް މުޅިން އަލަށް އުފެދިފައިވުމުންނާއި އަދި އޭގެ ކުރިންވެސް ހިންގަމުންދިޔަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް މި ނޫހުން ވަނީ ގިނަ އަދަދެއްގެ ކުދި
12 Nov 2020
ސާފިރާގެ "ހިތި" މާދަމާއިން ފެށިގެން ވޮއިސްގައި ޝާއިއުކުރަންފަށަނީ!
ކުރިއަރަމުން އަންނަ ވާހަކަ ލިޔުންތެރިޔާ ސާފިރާ މޫސާގެ އައު ވާހަކައެއް މާދަމާ ވޮއިސް އެމްވީގައި ޝާއިއުކުރާނެއެވެ. ސާފިރާ މިފަހަރު އޭނާގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައިގެ ނަމަކީ "ހިތި" އެވެ.
14 Oct 2020
ވޮއިސްގެ ޗީފް އެޑިޓަރުގެ މަޤާމަށް ޝަފްރާޒް
ވޮއިސް.އެމްވީގެ ޗީފް އެޑިޓަރުގެ މަޤާމަށް ޝަފްރާޒް އަހްމަދު ހުސައިން ހަމަޖައްސައިފިއެވެ.
25 Aug 2020
އަލްއަމީރު މުހައްމަދު ނޫރައްދީން ރަނގަޅަށް ބަލަހައްޓަންޖެހޭނެ: ރައީސް ނަޝީދު
އަލްއަމީރު މުހައްމަދު ނޫރައްދީން ރަނގަޅަށް ބަލަހައްޓަންޖެހޭނެ: ރައީސް ނަޝީދު
05 Jun 2020
ކޮވިޑް-19 ގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވޮއިސްގެ ބެންގާލީ އެޑިޝަން ލޯންޗުކޮށްފި
ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިންގެ އެންމެ ބޮޑު އާބާދީކަމުގައިވާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާޒުކޮށް، ވޮއިސްގެ ބެންގާލީ އެޑިޝަން (www.voice.mv/bn) އިފްތިތާހްކޮށްފިއެވެ. މި އެޑިޝަން އުފެއްދުމުގެ މަގްސަދަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މައުލޫމާތާއި އަދި އެކަމާއި ގުޅިގެން ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ މައުލޫމާތު ބިދޭސީންނަށް އެފަރާތްތައް ބަސްމޮށެ އުޅޭ ބަހުން ފޯރުކޮށްދިނުމެވެ.
21 Apr 2020
ޑރ.ޝަހީމްގެ ޚާއްސަ ދަރުހެއް ވޮއިސްގެ ފޭސްބުކް ޕޭޖުން ގެނެސްދެނީ
ޑރ. ޝަހީމް ދަރުސް ދެއްވަން ނިންމަވާފައިވާ މައުޟޫތައް 1- އިސްލާމީ އިޖްތިމާޢީ ނިޒާމު: މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ޙައްލު 2- އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިޤުހުވެރިންނާއި ސައެންސްވެރިން 3- އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ އަލީގައި އިޤުތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ޤައުމެއް ތަރައްޤީކުރުން 4- ތައުޙީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ޙަޟާރަތު ބިނާކުރުން 5- ކީރިތި ޤުރުއާނާއި ސުންނަތުގެ ދުޢާތައް 6- ކީރިތި ޤުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން
23 Feb 2020
ވޮއިސްއާއި ކެބްއެމްވީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއްކަމުގައިވާ ކެބްއެމްވީއާއި "ވޮއިސް" ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Jan 2020
ވޮއިސް 2019: އަހަރުގެ އެންމެ ގަދަ ފަސް އަޑު!
ނިމިގެންދިޔަ އަަހަރަކީ ހުރިހާ ގޮތަކުންވެސް ދިވެހިރާއްެޖެއަށް ތަފާތު އަހަރެކެވެ. ބޮޑެތި ބަދަލުތަކަކާއި ކުރިމަތިލައި، ބޮޑެތި ކަންތައްތަކެއް ހިނގި އަހަރެކެވެ. މިދިޔަ އަހަރަކީ ވޮއިސް ހިންގަން ފެށުނުތާާ އެއް އަހަރު ފުރުނު އަހަރުކަމަށް ވީހިނދު، އަހަރުގެ މުހިންމު ޚަބަރުތަކާއި ހާދިސާތައް މި ނޫހުން ވާނީ ގެނެސްދީފައެވެ.
10 Dec 2019
ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ޚަބަރުތައް ވޮއިސްއިން ގެނެސްދެނީ!
އަންނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާއި އެކު ބޭއްވޭ އިންތިޚާބެކެވެ. މި އިންތިޚާބުން ހޮވޭ ފަރާތްތައް ވެގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑެތި ބާރުތަކެއް ލިބޭ ފަރާތްތަކަކަށެވެ.
31 Aug 2019
ފޯޅަވަހީގެ މައްސަލަ: މޮރިޝަސްއާއި ދެކޮޅަށް ވޯޓުލުމުން އެންމެ ފަހުން މަޝްވަރާގެ މޭޒަށް!
ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ މޮރިޝަަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން އެކަމާއި ދެކޮޅަށް ވޯޓުދިނުމުން، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި މޮރިޝަސްއިން ދިވެހިރާއްޖެއާއި އެކު މަޝްވަރާ ކުރަން ފަށައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.