ހަބަރު
06 Feb 2025
ރިޔާސީ ބަޔާނުގައި ޤައުމަށް މަންފާކުރާނޭ ކަމެއް ހިމެނިފައެއްނެތް: އަމީރު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ޤައުމަށް މަންފާކުރާނޭކަމެއް ހިމެނިފައެއް ނެތްކަމަށް އެމްޑީޕީ ސަރުކާރުގެ މާލީވަޒީރު އިބްރާހިމް އަމިރު ވިދާޅުވެއްޖެއެވެ.
06 Feb 2025
ތުޅާދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނެ: ރައީސް ޑރ.މުއިއްޒު
ބ.އަތޮޅު ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Feb 2025
ކޮން ސަރުކާރަކުންތޯ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރީ؟
ވެރިކަމަށް އައުމަށް ހުރިހާ ސަރުކާރަކުންވެސް އެކި ބަޮޑެތު ވަޢުދުތައް ވާކަމަށަާ، އެހެން ނަމަވެސް އެ ވަޢުދުތައް ފުއްދާފައިވަނީ ކޮން ސަރުކާރަކުންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ސުވާލުކުރައްވައިފިއެވެ.
06 Feb 2025
މައްސަލަތައް އަވަސް ކުރުމަށް ހާއްސަ ކޯޓްތައް ތައާރަފްކުރާނަން: ރައީސް
ފުނިޖެހެމުންދިއުމުގެ ސަބަބުން ލަސްވަމުންދާ މައްސަލަތައް އަވަސް ކުރުމަށް ހާއްސަ ކޯޓުތައް ތައާަފްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
06 Feb 2025
ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކުރަން ހުށަހަޅާނަން: ރައީސް މުޢިއްޒު
ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކުރުމާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
06 Feb 2025
ކެފޭ މާރާމާރީ އާއި ގުޅިގެން ނޭޕާލް މީހަކު ހައްޔަރު ކޮށްފި!
މިމަހު 4 ވަނަ ދުވަހު މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ކެފޭގެ ކައްކާގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނޭޕާލު މީހާ ހައްޔަރު ކޮށްފިއެވެ.
06 Feb 2025
ކުރިން ވީ ވަޢުދުތައް ނުފުއްދައި އައު ވަޢުދު ވުމަކީ ކުރި ބޮޑު ޖެއްސުމެއް
ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ, މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް އެމަނިކުފާނު ވެވަޑައިގެންނެވި ބޮޑު އިހުމާލެއް އަދި ކުރެއްވި ޖެއްސުމެއް ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
06 Feb 2025
މަޖިލީހުގެ ތަޅުމުން މެންބަރުން ނެރުނީ ގަވާއިދާ ހިލާފަށް: ނާޒިލް
ރައްޔިތުންގެ މަޖިިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖުކުރި އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.