21 Nov 2024
ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށް ސެންޓަރުތަކެއް ގާއިމްކުރަނީ
ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ތައުލީމާއި ބެހޭ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
21 Nov 2024
ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތަށް ސާބަސްދެން
ރާއްޖޭގެ ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ސާބަސްދެއްވައިފިއެވެ.
21 Nov 2024
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ހުއްޓުމެއް ނެތި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ޕީއެންސީއިން ރޭ ބުނެފި އެވެ.
21 Nov 2024
ގެނެވުނީ ޤައުމުގެ މިނިވަންކަމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް: ރައީސް
ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
21 Nov 2024
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުއިއްޒު އިނގިރޭސިވިލާތަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިނގިރޭސިވިލާތަށް މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވައިފިއެވެ.
20 Nov 2024
ގޮނޑި ގެއްލޭ އިސްލާހު, ރައީސް ތަސްދީގުކުރައްވައިފި
މެމްބަރު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް މަޖިލީހުން މިއަދު ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.
20 Nov 2024
ކުރިން ރިފޯމްގެ ވާހަކަ ދެއްކި، ނަމަވެސް ފިޔަވަޅެއް ނޭޅުނު: ވަޒީރު ޒަމީރު
ކުރިން އައި ސަރުކާރުތަކުންވެސް ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ރިފޯމް ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އެކަންކުރުމަށްޓަކައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
20 Nov 2024
އެންޓި ޑިފެކްޝަން ގާނޫނެއް ގެންނަ ވާހަކަ އެންމެންދެއްކި. އެކަން ހަގީގަތަކަށްވީ މިއަދު: ޝަކީލް
އެންޓި ޑިފެކްޝަން ބިލެއް މިއަދު ފާސްކުރެވިގެންދިޔައިރު، ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހްލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ކަން ސާބިތުކޮށްދެއްވައިފިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.