ހަބަރު
28 May 2024
މަޖިލީހުގެ 3 އަންހެން މެންބަރުންގެ އަޑު ވަކި މަޑެއް ނުވާނެ:ސައުދާ
އަލަށް ހުވާ ކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ 3 އަންހެން ބޭފުޅުން ތިއްބެވި ނަމަވެސް، އެ 3 ކަނބަލުންގެ އަޑު މަޑުނުވާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
28 May 2024
ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ
ހުޅުމާލެ، ފޭސް 1 ގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
28 May 2024
ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް ފައްޔާޒް އިލްތިމާސްކުރައްވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ހުވައާއި އެއްގޮތަށް އާ ރައްޔިތުންގެ މަޖިލީހުން ނަތީޖާ ނެރެދިނުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.
28 May 2024
މަޖިލިސް ވެގެންދާނީ ރައީސް މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް
20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ކަމަށް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
28 May 2024
އުންމީދަކީ މަޖިލިހުން ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުން: ޞާލިހު
މިއަދު ހުވާ ކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
28 May 2024
މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އިންތިހާބުވެވަޑައިގެންފި
މިއަދު ހުވާކުރެވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް 80 މެމްބަރުންގެ ވޯޓާއިއެކު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.
28 May 2024
އުންމީދަކީ މިއީ އެންމެ ޒިންމާދާރު މަޖިލިހަށް ވުން: ރައީސް
މިއަދު އަލަށް ހުވާ ކުރެއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދެކޭ އެންމެ ޒިންމާދާރު މަޖިލިހަށް ވުމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 May 2024
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އިންތިޚާބުކޮށްފިއެވެ.