ޙިޔާލު
09 Jun 2024
ސަރުކާރުގެ އެހީގައި މަންމަ ކުރި ހައްޖާމެދު ހިތަށް އަރާ އެއްޗެއް!
ހައްޖުމަހުގެ މިމާތް މިދުވަސްކޮޅުގެ ތެރޭގައި ސޯޝަލް މީޑިއާ އެކްސްގައި ދިވެހިންގެ ބަޔަކު ފަށައިގެން އުޅޭ ބަހުސަކުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބޭތީ ގަލަން ހިއްލައިލަމެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ފަގީރުންގެތެރެއިން 50 މީހަކު ހައްޖަށް ގެންދިއުމުން އެމީހުންގެ ހައްޖު، ﷲ ތައާލާ ގަބޫލުކުރައްވާނެބާއޭ ނުވަތަ ނޫންބާއޭ މީހުންގެ ހިތްތަކަށް ވަންނަހާ ބޮޑަށް ޚިޔާލުތައް ކަފިވެފައިވެއެވެ.
22 Feb 2024
އިހްތިޖާޖްކުރާ ހުވަދޫ މަސްވެރިންނަށް އޮތް ފިލާވަޅެއް!
ރައީސް މައުމޫން ރާއްޖޭގައި ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން މުޅި ރާއްޖޭގައި އުފައްދައި ފަތުރަމުންދިޔަ ރައްޔިތުން މައުމޫނާއި އިދިކޮޅު ވެގަތުމުގެ ރޫހް ރާއްޖެތެރޭގައި އެހެން ލެވެލަކަށް ގެންގޮސްދިނީ ހއ ދިއްދޫ ރައްޔިތުންނެވެ.
18 Feb 2024
ކެއްސާކެއްސާ މިއޮތް މަރުވަނީއެވެ!
މިކެއްސުމެއް ނުހުއްޓުނެވެ. މިރޯގާއެއް ނުފިލިއެވެ. މިހުމަކުން އަރައިނުގަތެވެ. އަހަރެން އެކަންޏެއް ނޫނެވެ. އަނބިމީހާއި ދަރިންވެސް މެއެވެ. ކެއްސަމުން ކެއްސަމުންގޮސް ބައެއް ފަހަރު ހޯއް ގޮވެން އުޅޭހެން ވެސް ހީވެއެވެ. ހޯއްގޮވާ ކެއްސުން ބަލި މިހާރު ރާއްޖޭގައި އުޅޭކަމަށް ކިޔައެވެ.
12 Feb 2024
ސުޕްރީމްކޯޓަށް ގޮންޖަހައި ދައުލަތް ހިންގުމުގެ ނިޒާމާއި މަޖިލިސްތެރެއިން ކުޅެން އެމްޑީޕީން ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކުޅެމުންދާ ގޭމަށް އާބޮޅެއް މިއަދު އިތުރުކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިކަމަކީ ވަޒީރުންނާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކަނޑައަޅާފައި އޮންނަ ނިޒާމު ރޫޅާލައި ރައީސުލްޖުމްހޫރިއްޔާއާއި ނާއިބް ރައީސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީކުރުމުގެ އިސްލާހެއް ހުށަހެޅުމެވެ.
28 Jan 2024
ކެބިނެޓަށް ވޯޓްނުދެނީ ރާއްޖޭގައި އިންޑިއާގެ ބޮޑުވަޒީރު ދިފާއުކުރަން
އިންޑިއާގެ މަޝްހޫރު ނޫހެއްކަމުގައިވާ އިންޑިއާ ޓުޑޭގައި މި ޖެނުއަރީމަހުގެ ކުރީކޮޅު ޝާއިކުރި ޚަބަރެއްގައި ވެއެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިގެން އުޅޭ މައްސަލައިގައި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިފާއުގައި ތެދުވެ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގ އިސްތިއުފާއަށް ގޮވައިފިއެވެ.
26 Jan 2024
އިތުރުފުޅު ހައްދަވަނީ ރައީސް ސާލިހްތަ ނޫނީ ރައީސް މުޢިއްޒުތަ؟
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ތެރޭގައި އެންމެ ބޮޑު ބަހުސަކަށް ވެފައި އޮތް ރާއްޖޭގައި ތިބި ކަމަށް ބުނަމުންދިޔަ އިންޑިއާ ސިފައިންގެ މައްސަލައިގެ ހައްސާސުކަން މިއަދު އެބަ ވަޒަން ކުރެވެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނާ ކޮންމެ ފަހަރަކު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އެވާހަކަތައް ދޮގު ކުރެއްވިއެވެ.
24 Jan 2024
ތާހާ ސިހުރުވެރިންގެ ފައިގައި ގާނޫނީ ކަސްތޮޅު އަޅުވަން ނުކުމެ
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އެންމެ އާދަޔާއި ޚިލާފް ވާހަކައެއް ދައްކަވާ ބޭފުޅަކީ ނ އަތޮޅު ހޮޅުދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުންގެންދަވާ އަލް އުސްތާޒު މުޙައްމަދު ތާހާއެވެ. އޭނާ ވާދަ ކުރައްވާ ދާއިރާގައި ހިމެނޭ ހޮޅުދޫއާއި މިލަދޫއާއި މަގޫދޫ ރައްޔިތުން ބޭނުންވާ ކަންކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ.
10 Jan 2024
އިންޑިއާގެ ބޮއިކޮޓް ޑިޕްލޮމަސީ ކޫލްކުރައްވަން އުޅުއްވުމަކީ ބުއްދިވެރި ކަމެކެވެ!
ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދި ވަރުގަދަވެ އެތައް ޒަމާނަކަށް ގޮސްފައިވާ ގާތް އަރަހްމަތްތެރި ގުޅުމަށް ވޭތުވެދިޔަ ތިން ހަތަރު ދުވަހެއްގެތެރޭގައި ހިރަފުސްތަކެއް ބުރައި ދެގައުމުގެ އެމްބެސެޑަރުން އެއްގައުމު އަނެއް ގައުމެއްގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އުއްމީދުކުރެވިފައިނުވާ ކަހަލަ ކަންތައްތަކެއް މިވަނީ ހިނގާފައެވެ.
08 Jan 2024
އަޅެ މިފޮޓޯގަނޑުން މިދެނީ ކޮން އިންޒާރެއްތޯއެވެ؟
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ޓެރިޓަރީއެއްކަމުގައިވާ ލަކްޝައްދީބުގެ ރަށަކަށް ޗުއްޓީއެއް ހޭދަކުރައްވަން ވަޑައިގެންފައި އެރަށުގެ ދޮންވެލީގެ ރީތި ބީޗެއްގައި ހިންގަވާފައި ފޮޓޯއެއް ނަންގަވައި އެކްސްގައި ޝެއަރ ކުރެއްވުމުން ރާއްޖޭ ނޫސްވެރިއަކަށް ފެނުނީ އެއީ ދިވެހިރާއްޖެއަށް ދިން އިންޒާރެއް ކަމަށެވެ.
28 Sep 2023
ޔުމްނާ މައުމޫނަށް މިވަނީ ކިހިނެތް؟
ރައީސް މައުމޫނަކީ ދިވެހި ގައުމުގެ ރަން ތިރީސް އަހަރުގެ ބާނީކަމަކަށް ދިވެހިންގެ ވަރަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލުކުރެއެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ދެޕާޓީކަމުގައިވާ އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރްޕީ)އާއި މިއަދު މިއޮތް ޕީޕީއެމަކީ އެމަނިކުފާނުގެ އައިޑިއޮލޮޖީގެ މައްޗަށް އުފެއްދި ދެޕާޓީއެވެ. ރައީސް މައުމޫނަކީ މިއަދު ޕީޕީއެމާއި ދުރުގައި ހުންނެވި ނަމަވެސް ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިން އެދީނެއްގެ މަތީގައި ތިބި އިސްލާމްދީން ހިމާޔަތްކުރުމުގައި އެފަދަ ދެވަނަ އެއް ނުވާ ލީޑަރެކެވެ.