ފަލަސްތީން
20 Oct 2023
ގުރޭޑު 6 ގެ ފޮތުގައި އިޒްރޭލަކީ ގައުމެއްގެ ގޮތަށް ލިޔެފައި!
ރާއްޖޭގެ ސުކޫލުތަކުގެ ގުރޭޑް 6 ގައި ދިވެހި މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ ދިވެހި ދަރިވަރުންގެ ފޮތުގައި އިސްރާއީލް އަކީ ގައުމެއްގެ ގޮތުގައި ލިޔެ، ފިލާވަޅެއް ދީފައި އޮތުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެއްޖެ އެވެ.
20 Oct 2023
މި ފެންނަނީ ހައްގުތައް ކިޔައިދޭ ގައުމުތަކުގެ އަސްލު ސޫރަ
ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު ޢާއްމަށް ހިތްވަރުދީ، ދުނިޔޭގެ ބޮޑެތި ބާރު ތައް ކަމަށް ވަކާލާތުކުރަމުންދާ ގައުމުތަކުން އިޒްރާއީލަށް ތާއީދު ކުރާ ކަން ހާމަކުރަމުންދިޔުމާއި ގުޅިގެން އެފަރާތްތަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
20 Oct 2023
"އަޤްސާ މިއަދު ވަނީ ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި"
މަސްޖިދުލް އަޤުޞާއަކީ މުސްލިމުންގެ ހައްގެއް ކަމަށާ، އެހެންނަމަވެސް އެ މިސްކިތް މިހާރު ވަނީ ޒަޔަނިސްޓް ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
20 Oct 2023
އިސްރާއީލު މީހުން ރާއްޖެއާމެދު ސަމާލު ވުމަށް އެދިއްޖެ!
ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އިސްރާއިލާ ދެކޮޅަށް ނުކުމެފައިވާކަން އެނގި، ދިވެހި ރާއްޖެ އައުމުގައި އިސްރާއިލް ޕާސްޕޯޓް ހުރި މީހުން ސަމާލުވުމަށް އެޑްވައިޒަރީ ނެރެފިއެވެ.
20 Oct 2023
ޞަލާޙް ގޮވާލީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓައިލުމަށް
ލިވަޕޫލާއި މިޞްރުގެ ޤައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް، ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ވަގުތުން ވަގުތައް ހުއްޓައިލުމަށް ގޮވައިލައިފިއެވެ.
19 Oct 2023
"އިނގިރޭސިވިލާތް އޮތީ އިޒްރޭލުގެ ޔަހޫދީންނާ އެކު!"
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެ، އެތަނުގައި ވަކި ދައުލަތެއް އުފައްދައި ވަޒަންވެރިވެފައިވާ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ތައީދުކޮށް، އެ މައްސަލާގައި އިނގިރޭސިވިލާތުގެ ތާއީދު އޮތީ އިސްރާއީލަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކު ބުނެފި އެވެ.
19 Oct 2023
ހޮސްޕިޓަލްތައް ފުރި ފަރުވާދެނީ ބިންމަތީގައި
އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންގެ ޢަދަދު ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ހޮސްޕިޓަލްގެ ބިންމަތީގައި ޒަޚަމްތަކާއި އެކުވާ މީހުންނަށް ފަރުވާ ދެމުންދާކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
19 Oct 2023
މިޞްރު މަގުން ޣައްޒާއަށް އެހީގެ ގާފިލާ ވަންނަނީ
އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީންގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީގެ ސާމާނު މިޞްރު މަގުން ޣައްޒާއަށް ވެއްދުމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އެއްބަސްވެވަޑައިގެންފިއެވެ.