ފަލަސްތީން
20 Oct 2023
ހެޔޮ ފިހާރައިން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފަލަސްޠީނަށް!
ހެޔޮ ފިހާރަ 1 އަދި ހެޔޮ ފިހާރަ 2 ކުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ އަހުންނާއި އުހުތުންނަށް އެހީވުމަށް މިއަދު ކުރިއަށް ގެންދިޔަ ފަންޑު ރައިސިން އިވެންޓަށް 2 ގަޑި އިރުން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
20 Oct 2023
"ފަލަސްތީނާއެކު ދިވެހީން" ނަމުގައި މިރޭ ބޮޑު ހިނގާލުމެއް!
ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޢުދުވާނުތަކާއި ދެކޮޅު ހަދައި، ދިވެހީން ފަލަސްތީނާއެކު ތިބިކަން ދުނިޔެއަށް ދައްކާލުމުގެ ގޮތުން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
20 Oct 2023
ގުރޭޑު 6 ގެ ފޮތުގައި އިޒްރޭލަކީ ގައުމެއްގެ ގޮތަށް ލިޔެފައި!
ރާއްޖޭގެ ސުކޫލުތަކުގެ ގުރޭޑް 6 ގައި ދިވެހި މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ ދިވެހި ދަރިވަރުންގެ ފޮތުގައި އިސްރާއީލް އަކީ ގައުމެއްގެ ގޮތުގައި ލިޔެ، ފިލާވަޅެއް ދީފައި އޮތުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެއްޖެ އެވެ.
20 Oct 2023
މި ފެންނަނީ ހައްގުތައް ކިޔައިދޭ ގައުމުތަކުގެ އަސްލު ސޫރަ
ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު ޢާއްމަށް ހިތްވަރުދީ، ދުނިޔޭގެ ބޮޑެތި ބާރު ތައް ކަމަށް ވަކާލާތުކުރަމުންދާ ގައުމުތަކުން އިޒްރާއީލަށް ތާއީދު ކުރާ ކަން ހާމަކުރަމުންދިޔުމާއި ގުޅިގެން އެފަރާތްތަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
20 Oct 2023
"އަޤްސާ މިއަދު ވަނީ ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި"
މަސްޖިދުލް އަޤުޞާއަކީ މުސްލިމުންގެ ހައްގެއް ކަމަށާ، އެހެންނަމަވެސް އެ މިސްކިތް މިހާރު ވަނީ ޒަޔަނިސްޓް ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
20 Oct 2023
އިސްރާއީލު މީހުން ރާއްޖެއާމެދު ސަމާލު ވުމަށް އެދިއްޖެ!
ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އިސްރާއިލާ ދެކޮޅަށް ނުކުމެފައިވާކަން އެނގި، ދިވެހި ރާއްޖެ އައުމުގައި އިސްރާއިލް ޕާސްޕޯޓް ހުރި މީހުން ސަމާލުވުމަށް އެޑްވައިޒަރީ ނެރެފިއެވެ.
20 Oct 2023
ޞަލާޙް ގޮވާލީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓައިލުމަށް
ލިވަޕޫލާއި މިޞްރުގެ ޤައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް، ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ވަގުތުން ވަގުތައް ހުއްޓައިލުމަށް ގޮވައިލައިފިއެވެ.
19 Oct 2023
"އިނގިރޭސިވިލާތް އޮތީ އިޒްރޭލުގެ ޔަހޫދީންނާ އެކު!"
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެ، އެތަނުގައި ވަކި ދައުލަތެއް އުފައްދައި ވަޒަންވެރިވެފައިވާ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ތައީދުކޮށް، އެ މައްސަލާގައި އިނގިރޭސިވިލާތުގެ ތާއީދު އޮތީ އިސްރާއީލަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކު ބުނެފި އެވެ.