ފަލަސްތީން
19 Oct 2023
އިންސާނީ ޙައްޤޭ ކިޔައިގެން ވާހަކަ ދައްކަނީ ވަކި ބަޔަކަށްޓަކާ!
އިންސާނީ ހައްޤުތަކޭ ބުނެ ހުޅަނގުގެ ޤައުމުތަކުން ވާހަކަދައްކަނީ ވަކި ބައެއްގެ ހައްޤުތައް ކަށަވަރުކުރުމަށް ޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
19 Oct 2023
އިންޑިއާގެ މީޑިއާތަކުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ބޮން އަޅަމުންމިދަނި ކީއްވެ؟
އޮކްޓޫބަރ ހަތްވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށްފަހު ފަލަސްތީނު މީހުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް އިންޑިއާގެ މީޑިއާތަކުން ފަތުރަމުންދާ ޕްރޮޕެގެންޑާ އަދި ޕްރޯ އިސްރާއީލު ޚަބަރުތަކުން ދުނިޔޭގެ މުސްލިމު ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި އިންޑިއާއާއިމެދު ވަރަށް ނުބައި ތަސައްވުރެއް އުފެދިގެންދާނެކަން ކަށަވަރެވެ.
18 Oct 2023
ފަލަސްތީނަށްޓަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި!
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދެންނެވުމަށް ކޮންމެ ނަމާދެއްގައިވެސް ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.
18 Oct 2023
ބައިޑަން، ފަލަސްޠީން އަތުން ފޭރިގެންފައިވާ ބިމަށް!
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން، ފަލަސްޠީނުގައި ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ހިތްވަރުދީ، އިސްރާއީލްއަށް ތާއީދު ކުރާކަން ހާމަކުރުމަށް، އެމެރިކާގެ ރައީސް ޖޯއީ ބައިޑެން، ފަލަސްޠީނުގެ އަތުން ގަދަކަމުން ފޭރިގެން ޔަހޫދީން ދިރިއުޅެމުންދާ ބިމަށް އަތުވެއްޖެއެވެ.
18 Oct 2023
އަލްއަހްލީގެ ހަމަލާއަށްފަހު ޑޮކްޓަރުންގެ ޕްރެސް ޝަހީދުންގެ ހަށިތަކާއި އެކު
ފަލަސްޠީނުގެ ޢާންމުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭ ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު އެހޮސްޕިޓަލްގެ ޑޮކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޝަހީދުވީ މީހުންގެ ހަށިތަކާއި އެކު ބާއްވައިފިއެވެ.
18 Oct 2023
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް!
ފަލަސްޠީނަށް ގަދަކަމުން ވެރިވެގެންފައިވާ ހަރުކަށި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ރޭ ފަލަސްތީނުގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ޓެރެރިސްޓް ހަމަލާ ކުށްވެރިކޮށް، އަރަބި ގައުމަތަކާއި މުސްލިމް ހުރިހާ ގައުމަކުން މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރުމަށް ފަލަސްޠީނުން ގޮވާލި ގޮވާލުމަށް ރާއްޖެއިން އިޖާބަދީފިއެވެ.
18 Oct 2023
ޣައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރި ކުރައްވައިފި
ފަލަސްޠީނުގެ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރާއިލްގެ ޔަހޫދީން ރޭ ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކުއްވެރި ކުރައްވައިފިއެވެ.
18 Oct 2023
ތުރުކީގެ ޢާންމުންނުކުމެ މެކްޑޮނާލްޑަށް ގެއްލުންދީފި
ފަލަސްޠީނުގެ މުސްލިމުންނަށް ގެއްލުންދެނިވި ނުރައްކާތެރި ހަމަލާތައް ދެމުންދާ ހައްދުފަހަނަ އެޅި ޔަހޫދީންނަށް މެކްޑޮނާލްޑް އަށް ތުރުކީގެ ޒުވާނުންތަކެއް ގެއްލުންދީފިއެވެ.