ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
22 Jan 2024
ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީ ކައުންސިލަރު ޕީއެންސީއަށް ސޮއި ކުރައްވައިފި
ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީގެ ޓިކެޓުގައި މާލޭ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
22 Jan 2024
ޕްރައިމަރީއަށް ފޯމު ހުށަހެޅި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭނެ
ރައްޔިތުން މަޖިލސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ނަން ހުށައެޅުއްވި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
17 Jan 2024
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މިމަހު 27 ގައި ބާއްވަނީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 ގައި ބާއްވާ ގޮތަށް ހަމަޖައްސައި، ވޯޓު ލެވޭ މީހުންގެ ލިސްޓު ޢާންމު ކޮށްފިއެވެ.
16 Jan 2024
ބައި-އިލެކްޝަންތަކުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރު ހުވާކުރުމަށްފަހު ރާއްޖޭގައި ބޭއްވި ބައި އިލެކްޝަންތަކުން ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
15 Jan 2024
ކ. ރައީސްކަމާ ދެ ރަށެއްގެ ކައުންސިލް ގޮނޑި ޕީއެންސީއަށް!
ކ އަތޮޅު ކ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި، ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެއެވެ.
14 Jan 2024
ބަލިވީ ރައީސް ޔާމީން ނުލައި ނުކުތީމައެއް ނޫން: އަބްދުއްރަހީމް
އިއްޔެ ބޭއްވި މާލޭ މޭޔަރ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބީ ނުލިބުނީ، ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފަހަތްޕުޅުގައި ނުހުންނެވީމަ ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
14 Jan 2024
ބައި-އިލެކްޝަންގައި ޕީއެންސީއާ އެމްޑީޕީއަށްވެސް ދެ ގޮނޑި!
އިއްޔެ އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވެސް ދެ ގޮނޑި ކާމިޔާބު ކޮށްފި އެވެ.
14 Jan 2024
ބަލިވީ ރައީސް މުޢިއްޒުގެ ސިޔާސަތު ގޯސްވެގެނެއް ނޫން
އިއްޔެ ބޭއްވުނު ބައި އިލެކްޝަން އިންތިހާބުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުނީ އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވުމުން ކަމަށާ، އެއީ ސަރުކާރުގެ ސިޔާސަތުތައް ކަމު ނުގޮސްގެން ވީ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.