ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
17 Oct 2022
"2023 ބޯމަތިވާއިރު ރައީސް ސޯލިހު ދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެ"
2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އިބުރާހިމް މުހައްމަދު ސޯލިހު ދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
17 Oct 2022
"ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދޭނަން"
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވައުދުވެވަޑައިގެންފިއެވެ.
16 Oct 2022
"ރައްޔިތުންގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ދަރަނި އަޅުވައިފި"
ދަރަނި ނެގުމަކީ ބޮޑު ފާފައެއްކަމަށް ރައްޔިތުންނަށް ވިސްނައިދިން މީހުން ވެރިކަމަށް ރައިސް ކޮންމެ ދިވެއްސެއްގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ދަރަންޏެއް އަޅުވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
16 Oct 2022
ޔާމީންއަށް ތުރާކުރުން ހޫނު މަރުހަބާއެއް، ދެން ވަޑައިގަންނަވާނި ކެލާއަށް!
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ ތުރާކުނަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
16 Oct 2022
"ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން"
މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ.
16 Oct 2022
ވާނުވާ ޖަހާފައި ތިބި މީހުން މިނިވަން ކުރާނަން: ރައީސް ޔާމީން
މާތް ރަސްކަލާނގެ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއިދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކަމިޔާބުވެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދަތު ޖަހާފައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
16 Oct 2022
"އަޅުގަނޑަކީ ރިއެކްޓު ކުރާ މީހެއް، ރައްޔަތުން ކަމަކު ބުނީމަ 3 ދުވަހު ނިދާކަށް ނޯވެވޭ"
ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރުމުން، އެކަން ހައްލުކޮށްނުދީ ރިއެކްޓު ނުކޮށް ހުންނަވަން ދަތިފުޅުވާކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
15 Oct 2022
އިހަވަންދޫއިން ރައީސް ޔާމީންއަށް ހޫނު ބަރުހަބާއެއް، މިރޭ ބޮޑު ޖަލްސާ ބާއްވަނީ!
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.