09 Dec 2022
"މިސަރުކާރުން އަޅާ ބްރިޖާއި އެއްގޮތަށް ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި"
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އަޅާ ބްރިޖެކޭ އެއްފަދައިން މިސަރުކާރުގެ ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Dec 2022
"ނަގަމުންދާ ލޯނުތައް ދައްކާނެ ގޮތެއްވެސް ރައީސް ޞާލިހަށް އެނގިވަޑައިނުގަންނަވާ"
ދިވެހި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެތައް ލޯނުތަކެއް ނަގަމުންދާއިރު، އެ ލޯނުތައް އަނބުރާ ދައްކާނެ ގޮތެއް ރައީސް ޞާލިހަށް އެނގިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
09 Dec 2022
"މިވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން"
މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން ކަމަށް ޕީީޕީއެމްގެ ނައިބު ރައީސް އަދި މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Nov 2022
"ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ރައްޔިތުންގެ އަތުން ފައިސާ ހޯދަން"
2023 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
25 Nov 2022
"އެމްޑީޕީ އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިހު"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ކަމަށާ އެނޫން ގޮތަކަށް ވަކާލާތު ކުރައްވަނީ އިދިކޮޅު ޕީޕީއެމަށް ވެރިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ފެކްޝަނުގެ މެންބަރުންނަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
20 Nov 2022
"އިންޑިއާ ސިފައިން، މަސްދޯނި ތަކަކަށް އަރައި މަސްވެރިނަން ބިރުދައްކައި އަނިޔާކުރި"
އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަދެވުނު ދިވެހި މަސްދޯނި ތަކަކަށް އެގައުމުގެ ސިފައިން ވަރަށް އިހާނެތި އަނިޔާކޮށްފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
17 Nov 2022
"ބްރިޖު ނުފެނިގެން މިއުޅެނީ؛ ޕްލެޓްފޯމް ގަނޑެއް ނަމަވެސް އަޅާލަން ފެންނަނީ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔަ އިރު އަދިވެސް ތިލަމާލެ ބްރިޖު ފެންނަން ނެތް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
16 Nov 2022
"އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭތީ ނަޝީދު ހުންނެވީ ކޮމްޕްރޮމައިސްވެފައި"
މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މިހާރު ހުންނެވީ "ކޮމްޕްރޮމައިސް" ވެފައިކަމަށް އިދިކޮޅުން ބުނެފިއެވެ.