ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
29 Dec 2022
ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުމަށް ޤަރާރެއް
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމު ޖަލުން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އެ ކޯލިޝަނުގެ ސެނެޓުން ފާސްކުރައްވައިފިއެވެ.
29 Dec 2022
"ރައީސް ޔާމީން ޖަލަށް ގެންދިޔަތާ ތިންވަނަ ދުވަހު އެމަނިކުފާނުގެ ވާހަކައިގެ ތެދުކަން އެ ހާމަވީ"
ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލަށް ގެންދިޔަތާ ތިންވަނަ ދުވަހު އެމަނިކުފާނުގެ ވާހަކައިގެ ތެދުކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
28 Dec 2022
މުޒާހަރާގައި ހައްޔަރުކުރި ދެމީހުން ފިޔަވާ އެންމެން ދޫކޮށްލައިފި
މުޒާހަރާގައި ހައްޔަރުކުރި ދެމީހުން ފިޔަވާ އެންމެން ދޫކޮށްލައިފި
27 Dec 2022
ރައީސް ޔާމީން މިނިވަންކުރަން ގޮވައިލާ މުޅި ރާއްޖޭގައި އިހުތިޖާޖުކުރަނީ
ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނުގެ މައްޗަށް ކުރި 2 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރަން ގޮވައިލާ މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އިދިކޮޅު އިއްތިހާދުން ނިންމައިފިއެވެ.
27 Dec 2022
"ޖަލުގައި ހުންނެވި ނަމަވެސް ރައީސް ޔާމީންގެ ކެމްޕޭން ކުރިއަށްދާނެ"
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ކުރިއަށް ދާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
27 Dec 2022
އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ 6000 އަށްވުރެ ގިނަ މެންބަރުން
އެމްޑީޕީގެ މެންބަރުންގެ ތެރެއިން 40،000 މެންބަރުންނަށް އެންގުމަކާ ނުލާ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް، ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ވިދާޅުވަމުން އަންނަ ވާހަކަތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ރައްދުދެއްވައިފި އެވެ.
26 Dec 2022
ކްރިމިނަލް ކޯޓަށްފަހު އިދިކޮޅުގެ ޓީމް ކަރެކްޝަންސްއަށް
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް، ޔާމީން އަބްދުލް ޤައްޔޫމް އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލަށް ގެންދިޔުމާއި ގުޅިގެން އިދިކޮޅުގެ ލީޑަރުންގެ ޓީމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ވަޑައިގެންފިއެވެ.
26 Dec 2022
ޔާމީނުގެ ހުކުމް ނުލިބި، ހުކުމުގެ ވީޑިއޯ ޑިލިޓްކޮށްލާފައި ވާތީ ލޯޔަރުން ކޯޓު ސަރަހައްދުގައި
ރައީސް ޔާމީނަށް އިއްވި ހުކުމް އަދިވެސް ނުލިބޭތީއާއި ހުކުމްގެ ވީޑިއޯ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ޑިލިޓްކޮށްލާފައި ވާތީ ޔާމީންގެ ލޯޔަރުންގެ ޓީމާއެކު ލީޑަރޝިޕް ކްރިމިނަލް ކޯޓު ސަރަހައްދުގައި